logo

ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

profile

އާމިނަތު ޝަޒްލާ - 18 އޯގަސްޓު 2026 - 10:29

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ވިދާޅުވީ، މި އޮޕަރޭޝަނުގައި އަތުލައިގަނެވިފައިވަނީ ޖުމްލަ 3207 ގުރާމުގެ ކެނަބިސް ކަމަށެވެ.

https://wamco.com.mv/

މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު، ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެގޮތުން، އެ ޕެކޭޖުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، ކަސްޓަމްސްގެ އޮފިސަރުން އެ ޕެކޭޖު އިތުރަށް ޗެކްކުރުމުން މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި ތަހުލީލުތަކުން އެއީ ކެނަބިސްކަން ވަނީ ކަށަވަރުކުރެވިފައެވެ.

ރާއްޖެއަށް އެކި މަގުމަގުން، ޚާއްޞަކޮށް ވައިގެ މަގުންނާއި ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ކަސްޓަމްސްއިން ދަނީ ޚާއްޞަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319