logo

ދުބާއީގެ ވެރިޔާގެ ކޮއްކޯފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

profile

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 13:39

ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކޮއްކޯފުޅު، ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

https://wamco.com.mv/

ދުބާއީގެ ޕޮލިސް އެންޑް ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ ޗެއާމަންގެ މަޤާމުގައި ހުންނެވި ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވީ އުމުރުފުޅުން 76 އަހަރުގައި، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް އެމަނިކުފާނު އަވަހާރަވި ސަބަބެއް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.

މި ހިތާމަވެރި ހަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަހްތޫމަށާއި، އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީއާއި ތައުޒިޔާ ދަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މާތް ﷲ މައްޔިތާގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ. އަދި މި ފުން ހިތާމައިގެ ވަގުތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޝައިޚް މުޙައްމަދަށާއި އެމަނިކުފާނުގެ ޢާއިލާގެ އިތުރުން ޔޫއޭއީގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

https://wamco.com.mv/
tel:+9607331319