
ރޯދަމަހުގެ ދަނޑުވެރިންގެ ބާޒާރުގައި ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 13:10
އަންނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، ރަށްރަށުގައި ހައްދާ ކާނާގެ ބާވަތްތައް މާލޭގައި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަނޑުވެރިންގެ ބާޒާރުން ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް ހުޅުވާލާފައިވާއިރު، ބައިވެރިވާން އެދޭ ފަރާތްތަކުން އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް، ދަނޑުވެރިކަމާ ބެހޭ ވުޒާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިކަމާ ގުޅޭ މަޢުލޫމާތު މިހާރު ވަނީ ހުރިހާ ރަށު ކައުންސިލްތަކާ ހިއްސާކުރެވިފައެވެ. އަދި ބާޒާރުގައި ބައިވެރިވުމަށް އެދި ނަން ހުށަހަޅާ ރަށްތަކުގެ އަދަދަށް ބަލައި، އަންނަ އަހަރުގެ ރޯދަމަހު މާރުކޭޓު ގާއިމުކުރާނެ ވަކި ސަރަޙައްދެއް ކަނޑައަޅާނެ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
މި މާރުކޭޓަކީ ރަށްރަށުގެ ދަނޑުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާލޭ ސަރަޙައްދުގައި ފަސޭހަކަމާއެކު ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި، މިއަހަރުގެ ތެރޭގައި ހާބަރު ސަރަޙައްދުގައި އެ ވުޒާރާއިން ތަޢާރަފުކުރި ބާޒާރެކެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ވަގުތީ މާރުކޭޓު ހިންގުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި ހައްދާފައިވާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެކަންޏެވެ. މީގެއިތުރުން، މި މާރުކޭޓުގެ އެއްވެސް ވިޔަފާރި ހަރަކާތެއްގައި ބިދޭސީން ބައިވެރިކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ މަޝްރޫޢަށްވުރެ މިވަގުތަށް މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ރައީސް ނަޝީދު
24 މިނިޓު ކުރިން

ގާޒީ ބިލްޑިންގ ހުރި ބިމުގައި ތަރައްގީ ކުރި ޕާކިންގ ޒޯނު ހުކުރު ދުވަހު ހުޅުވަނީ
25 މިނިޓު ކުރިން

ބިދޭސީންގެ ފީތަކާއި ޖޫރިމަނާއިން ދައުލަތަށް ނުލިބި އޮތް 1.2 ބިލިއަން ރުފިޔާ ހޯދައިފި
28 މިނިޓު ކުރިން

ޝައިހް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް އަޅަނީ
ގަޑިއިރެއް ކުރިން


