
ޝައިހް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް އަޅަނީ

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 12:43
ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޚިދުމަތް ޖަމްޢިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި މިސްކިތަކީ ޝައިޚް ފަރީދު ދީނީ ދަޢުވަތު ފެތުރުމަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅުތައް ދިރުވައި އާލާކުރާނެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރެވޭ ތަނެއް ކަމަށެވެ. އެގޮތުން އިސްލާމީ ޢިލްމީ ފޮތްތައް ހިމެނޭ ލައިބްރަރީއަކާއި، ޤުރުއާން ކިޔަވައިދިނުމަށް ހާއްސަ ކްލާސްރޫމްތައް މި މިސްކިތުގައި ޤާއިމުކުރެވިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެމަނިކުފާނުގެ ހަނދާނުގައި އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެއް ބަންގްލަދޭޝްގައި ވެސް ވަނީ ބިނާކޮށްފައެވެ. އެ މިސްކިތް ރަސްމީކޮށް ހުޅުވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ މަޝްރޫޢަށްވުރެ މިވަގުތަށް މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ރައީސް ނަޝީދު
8 މިނިޓު ކުރިން

ގާޒީ ބިލްޑިންގ ހުރި ބިމުގައި ތަރައްގީ ކުރި ޕާކިންގ ޒޯނު ހުކުރު ދުވަހު ހުޅުވަނީ
9 މިނިޓު ކުރިން

ރޯދަމަހުގެ ދަނޑުވެރިންގެ ބާޒާރުގައި ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި
10 މިނިޓު ކުރިން

ބިދޭސީންގެ ފީތަކާއި ޖޫރިމަނާއިން ދައުލަތަށް ނުލިބި އޮތް 1.2 ބިލިއަން ރުފިޔާ ހޯދައިފި
12 މިނިޓު ކުރިން


