logo

ރަސްމާލެ މަޝްރޫޢަށްވުރެ މިވަގުތަށް މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 13:12

ރަސްމާލެ ބިޔަ މަޝްރޫޢަށްވުރެ މިވަގުތު ރާއްޖޭގެ އިގްތިސާދަށް މުހިންމީ ވަގުތުން ފައިސާ ލިބޭނޭ ފަދަ ދައުލަތުގެ ހަރުމުދަލެއް ވިއްކާލުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ، އީގަލް ހިލްސްއާ ގުޅިގެން ރާއްޖޭގައި 20 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 308 ބިލިއަން ދިވެހި ރުފިޔާ) ގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ހިންގުމަށް ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން، ރައީސް ނަޝީދު ޢާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ހަރުމުދާ ޕްރައިވަޓައިޒް ކުރުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އަދި ރަސްމާލޭގައި ވޯޓާފްރަންޓެއް ތަރައްގީކުރުމަކީ ވެސް ރަނގަޅު ހިޔާލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް މި މަޝްރޫޢުން އެއްވެސް ހައްލެއް ނުލިބޭނެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި މަޝްރޫއުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރިއަށް ދިޔަ ކަމުގައި ވިޔަސް، ދައުލަތަށް އޭގެ މަންފާއެއް ލިބެން ފަށާނީ މަދުވެގެން ދެ އަހަރު ދުވަހުގެ ފަހުން ކަމަށެވެ.

މި ދަނޑިވަޅުގައި އެންމެ އިސްކަންދޭންވީ ވަގުތުން ފައިސާ ލިބޭނެ ގޮތަކަށް ދައުލަތުގެ ހަރުމުދާ ވިއްކުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިސަރުކާރުން މިއަދު ވަނީ ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ އަގުހުރި ތަރައްގީގެ މަޝްރޫއެއް ހިންގަން އަބޫދާބީ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ހިންގަން ހަމަޖެހިފައިވާ މަޝްރޫއުގެ ތެރޭގައި ފަތުރުވެރިކަމުގެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319