logo

ލެވަންޑޯސްކީގެ ދެ ލަނޑާއެކު ބާސާއަށް 5 ލަނޑުގެ މޮޅެއް!

profile

ހަފްސީ އަބްދުﷲ - 07 ނޮވެމްބަރު 2024 - 02:51

މެޗުގައި ލެވަންޑޮސްކީ ދެ ލަނޑު ޖެހި: ފޮޓޯ-ބާސެލޯނާ

މެޗުގައި ލެވަންޑޮސްކީ ދެ ލަނޑު ޖެހި: ފޮޓޯ-ބާސެލޯނާ

ލެވަންޑޯސްކީގެ ދެ ލަނޑާއެކު ޗެމްޕިއަންސް ލީގުގައި ބާސެލޯނާއިން 5 ލަނޑުގެ މޮޅެއް ހޯދައިފި އެވެ.

https://wamco.com.mv/

ހަންސީ ފްލިކްއާއެކު ވަރަށް ރަނގަޅު ފޯމެއްގައި އޮތް ބާސެލޯނާއިން ފޯމް ދެމެހެއްޓީ ރެޑް ސްޓަރ ބެލްގްރޭޑް 5-2 ން ބަލިކޮށްގެންނެވެ. މެޗުގައި ބާސެލޯނާއަށް ލީޑް ނަގައިދިނީ ޑިފެންޑަރ އިނީގޯ މާޓިނޭޒް އެވެ. 27 ވަނަ މިނިޓްގައި ސިލަސް ރެޑް ސްޓަރ ބެލްގްރޭޑް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނިކޮށް, ހާފް ނިމުމުގެ ކުރިން ބާސެލޯނާއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ލެވަންޑޯސްކީ އެވެ. ބާސާގެ ތިންވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން 8 ވަނަ މިނިޓްގައި ޖެހީވެސް ލެވަންޑޮސްކީ އެވެ. އޭގެ މިނިޓެއް ފަހު ބާސާއަށް ފަސް ވަނަ ލަނޑެއް ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. އަދި ފަހު ލަނޑު ޖެހީ ފާމިލް ލޮޕޭޒް އެވެ. މެޗުގައި ބާސާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ޑިފެންޑަރ ކޫންޑޭ އެވެ. ބާސާއިން ފަސް ލަނޑު ޖެހިފަހުން ރެޑް ސްޓަރ ބެލްގްރޭޑްގެ ދެވަނަ ލަނޑު ޖެހީ 84 ވަނަ މިނިޓްގައި މިލްސަން އެވެ.

މެޗުގައި ޖެހި ދެ ގޯލާއެކު 36 އަހަރުގެ ލެވަންޑޯސްކީ ސީޒަންގައި ޖެހި ލަނޑުގެ އަދަދު ވަނީ 19 އަށް އަރާފައެވެ. އެއީ 16 މެޗުންނެވެ. ޗެމްޕިއަންސް ލީގުގައި 100 ގޯލް ހަމަކުރަން ލެވަންޑޯސްކީ އަށް މިހާރު މަދުވަނީ އެއް ގޯލެވެ. ޗެމްޕިއަންސް ލީގުގެ ތާރީޚުގައި 100 ގޯލަށް ވުރެ ގިނައިން ޖަހާފައި ވަނީ ރޮނަލްޑޯ އާއި މެސީއެވެ. މޮޅާއެކު 36 ޓީމްގެ ލޯގު ފޯމެޓްގައި ބާސެލޯނާ އޮތީ ހަ ވަނައިގަ އެވެ. ޕޮއިންޓެއް ނުލިބި ރެޑް ސްޓާރ އޮތީ 35 ވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay