logo
ލަނޑު ޖެހުމަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އާސެނަލް

ލަނޑު ޖެހުމަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އާސެނަލް

އާސެނަލް ދޭކަށް, ނޮޓިންގހަމް ފޮރެސްޓް ތިނަކަށް

profile

ހަފްސީ އަބްދުﷲ - 02 ޖެނުއަރީ 2025 - 04:34

ބްރެންޓްފޯޑް އަތުން މޮޅުވުމުން, އާސެނަލް އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ދެވަނަ އަށް ޖެހިލާ ނޮޓިންގހަމް ފޮރެސްޓް ތިންވަނަ އަށް ވެއްޓިއްޖެއެވެ.

https://wamco.com.mv/

މެޗަށް ނިކުއިންއިރު ދެވަނައިގައި އޮތީ ނޮޓިންގހަމް ފޮރެސްޓެވެ. އާސެނަލް އޮތީ ތިންވަނައިގައެވެ. ނަމަވެސް ބްރެންޓްފޯޑް އަތުން ހޯދި މޮޅާއެކު މިހާރު އާސެނަލް ދެވަނައިގައި އޮތީ 39 ޕޮއިންޓާއެކުއެވެ. ނޮޓިންގހަމް ފޮރެސްޓް ތިންވަނައިގައި އޮތީ 37 ޕޮއިންޓާއެކުއެވެ. ބްރެންޓްފޯޑް އޮތީ 24 ޕޮއިންޓާއެކު 12 ވަނައިގައެވެ. ބްރެންޓްފޯޑް އަތުން އާސެނަލް މޮޅުވީ 3-1 ނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ބްރެންޓްފޯޑުންނެވެ. އެޓީމަށް ލީޑް ނަގައިދިނީ 13 ވަނަ މިނިޓްގައި އެމްބެއުމާ އެވެ. އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރީ 29 ވަނަ މިނިޓްގައި ޖެސުސް ޖެހި ލަނޑުންނެވެ. ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި ލީޑް ނެގީ މިކެލް މެރީނޯ ޖެހި ލަނޑުންނެވެ. އާސެނަލް އަށް ތިންވަނަ ލަނޑެއް ޖަހައިދިނީ ގަބްރިއެލް މާތިނެލީ އެވެ. އޭނާ ލަނޑު ޖެހީ 53 ވަނަ މިނިޓްގައެވެ.

މެޗުން މޮޅުވެ ދެވަނައިގައި އޮތަސް އާސެނަލްއާ ލިވަޕޫލާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި އާސެނަލް ވަނީ ލިވަޕޫލަށްވުރެ އިތުރަށް މެޗެއް ކުޅެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay