logo

ވުލްވްސް ބަލިކޮށް, ނޮޓިންގހަމް ފޮރެސްޓުން ލިވަޕޫލާ ދެކޮޅަށް ނިކުންނަން ތައްޔާރުވެއްޖެ

profile

ހަފްސީ އަބްދުﷲ - 07 ޖެނުއަރީ 2025 - 05:18

ނޮޓިންގހަމް ފޮރެސްޓް ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ނޮޓިންގހަމް

ނޮޓިންގހަމް ފޮރެސްޓް ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ނޮޓިންގހަމް

https://wamco.com.mv/

އިނިގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ތިންވަނައިގައި އޮތް ނޮޓިންގހަމް ފޮރެސްޓް އިން ވުލްވްސް ބަލިކޮށް, ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްގެން ލިވަޕޫލާ ދެކޮޅަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.

މިސީޒަންގައި އާދަޔާހިލާފް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ނޮޓިންގހަމް ފޮރެސްޓުން ވުލްވުސް ބަލިކުރީ 3-0 ނެވެ. މެޗުގައި ލަނޑުތައް ޖެހީ ގިބްސް ވައިޓް, ވޫޑް އަދި އިތުރު ވަގުތުގައި އަވޯނިޔީ އެވެ.

މިމޮޅާއެކު ނޮޓިންގހަމް ފޮރެސްޓް މިހާރު އޮތީ ދެވަނައިގައި އޮތް އާސެނަލްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެންނެވެ. ދެޓީމް ވެސް އޮތީ 20 މެޗުން 40 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ލިވަޕޫލް އޮތީ 46 ޕޮއިންޓާއެކުއެވެ. އެކަމަކު އެއީ 19 މެޗުންނެވެ.

އަންނަ ހަފްތާގައި ނޮޓިންގހަމް ފޮރެސްޓް ލިވަޕޫލާ ވާދަކުރާނެއެވެ. އެމެޗުގެ ނަތީޖާއަކީ ދެޓީމަށްވެސް މުހިއްމު ނަތީޖާއެކެވެ. މިމަހުގެ 14 ވަނަ ދުވަހު ނޫނީ އެސްޕިރިޓީ ސަންޓޯސްގެ އިރުޝާދުގެ ދަށުން ނޮޓިންގހަމް ފޮރެސްޓް ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ މުހިއްމުކަން ލީގުގެ އެހެން ޓީމްތަކަށްވެސް ބޮޑެވެ. ނޮޓިބްގހަމް އޮތީ ލީގު ޗެމްޕިއަންކަމުގެ ރޭހުގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay