ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް އެއްވަރު
ހަފްސީ އަބްދުﷲ - 05 ޖެނުއަރީ 2025 - 18:38
ނަތީޖާ ހަމަހަމަ ކުރުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ޔުނައިޓެޑް
އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލާއި, އުނދަގޫ ހާލަތެއްގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް އެއްވަރުވެއްޖެ އެވެ.
ބޯކޮށް ސްނޯ ފައިބަމުން ދިއުމުން މެޗު ކުރިއަށް ގެންދެވިދާނެތޯ ސުވާލު އުފެދުނު މެޗު ލިވަޕޫލްގައި ދަނޑުގައި އެއްވަރުވީ 2-2 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތަކުން ލީޑް ނަގައިދިނީ ލިސަންދްރޯ މާޓިނޭޒް އެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހި ޔުނައިޓެޑުން ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން ހަތްވަނަ މިނިޓްގައެވެ. އެކަމަކު އޭގެ ހަ މިނިޓްފަހުން ކޯޑީ ގަކްޕޯ ލަނޑު ޖަހާ ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި 70 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ސަލާހު ލިވަޕޫލަށް ލީޑް ނަގައިދިނެވެ. އެއީ މެތިއުސް ޑިލައިޓް އަތުގައި ބޯޅަ ޖެހުމުން ވީއޭއާރުން ކަށަވަރުކުރުމަށްފަހު ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކުރުމާއެކު ސަލާހު ޕްރިމިއަރ ލީގުގައި ޕެނަލްޓީން ޖެހި ލަނޑުގެ އަދަދު ވަނީ 175 އަށް އަރާފައެވެ. މިއީ ޕްރިމިއަރ ލީގުގެ ކުރީގެ އެއްވަނަ ފޯވާޑް ތިއަރީ އޮންރީގެވެސް އަދަދެވެ. މެންޗެސްޓަރ ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރީ 80 ވަނަ މިނިޓްގައި ޑިއާލޯ ޖެހި ލަނޑުންނެވެ.
ލިވަޕޫލް ތާވަލްގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓްގެ ލީޑަކާއެކުއެވެ. މެންޗެސްޓަރ ޔުނައިޓެޑް އޮތީ 23 ޕޮއިންޓާއެކު 13 ވަނައިގައެވެ.