logo

ލިވަޕޫލް ބަލިކޮށް, ފުރަތަމަ ލެގުން ޓޮޓްނަމް ކުރި ހޯދައިފި

profile

ހަފްސީ އަބްދުﷲ - 09 ޖެނުއަރީ 2025 - 00:51

ޓޮޓްނަމް މެޗުން މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު; ފޮޓޯ-ޓޮޓްމަން

ޓޮޓްނަމް މެޗުން މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު; ފޮޓޯ-ޓޮޓްމަން

އިނގިރޭސި ލީގުކަޕް ސެމީފައިނަލް ފުރަތަމަ ލެގުން ލިވަޕޫލް ބަލިކޮށް, ޓޮޓްނަމް ކުރި ހޯދައިފިއެވެ.

https://wamco.com.mv/

އަމިއްލަ ދަނޑުގައި ޓޮޓްނަމް އިން ފުރަތަމަ ލެގުގައި ކުރިހޯދީ 1-0 ނެވެ. މެޗުން ޓޮޓްނަމް މޮޅުކޮށްދިން ލަނޑު ޖެހީ 18 އަހަރުގެ ބާގްވަލްއެވެ. އޭނާ ޓޮޓްނަމް މޮޅުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް, ސޮލަންކޭ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މެޗުގައި އިތުރު ލަނޑު ޖަހަންވެސް ޓޮޓްނަމްއިން ފުރުޞަތު ހޯދިއެވެ. އެގޮތުން ޕެޑްރޯ ޕޮޯރޯ އަތުން ގެއްލުނު ފުރުޞަތާއި, ސޮލާންކޭ އޮފްސައިޑްވި ބޯޅަ ފާހަގަކުރެވެއެވެ.

މިބައްޔަކީ ލިވަޕޫލްގެ ކޯޗު ސްލޮޓްގެ އިރުޝާދުގެ ދަށުން އެޓީމްގެ ދެވަނަ ބައްޔެވެ. އަނެއްކޮޅުން ޓޮޓްނަމް ވާދަކުރަމުން ދަނީ އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. ސެމީފައިނަލް ފުރަތަމަ މެޗުގެ ފުރަތަމަ ލެގުން ކުރި ހޯދައިގެން ފައިނަލާ ގާތުގައި އޮތީ ނިއުކާސަލް ޔުނައިޓެޑެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay