އާސެނަލްގެ ދަނޑުގައި މޮޅުވެ, ނިއުކާސަލް ކަރަބޯ ކަޕް ފައިނަލްގެ ފުރުޞަތު ބޮޑުކޮށްފި
ހަފްސީ އަބްދުﷲ - 08 ޖެނުއަރީ 2025 - 06:07
ނިއުކާސަލް ޔުނއިޓެޑްގެ ސަޕޯޓަރުން އުފާފާޅުކުރަނީ: ފޮޓޯ-ނިއުކާސަލް
ސެމީފައިނަލް ފުރަތަމަ ލެގުގައި އާސެނަލްގެ ދަނޑުގައި މޮޅުވެ, ނިއުކާސަލް އިނގިރޭސި ލީގު ކަޕް ފައިނަލްގެ ފުރުޞަތު ބޮޑުކޮށްފި އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގު ނިއުކާސަލް ޔުނައިޓެޑް އިން އާސެނަލްގެ މައްޗަށް ކުރިހޯދީ 2-0 ނެވެ. މެޗުގައި ނިއުކާސަލް އަށް ލީޑްނަގައިދިނީ ރަނގަޅު ފޯމެއްގައި ހުރި އިސާކް އެވެ. 37 ވަނަ މިނިޓްގައި އޭނާ ލަނޑު ޖެހީ މާފީ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މިއީ މިސީޒަންގައި 15 މެޗުން އިސާކް ޖެހި 14 ވަނަ ގޯލެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު ޖެހީ އެންތޮނީ ގޯޑޮން އެވެ. ފުރަތަމަ ލެގުން ނެގި އެޑްވާންޓޭޖާއެކު ފައިނަލް ޔަގީން ކުރަން ނިއުކާސަލް އަށް ދެން އޮތީ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުން ބަލިނުވެ ފަރުޖައްސާލުމެވެ. ލަނޑެއްގެ ތަފާތުން ބަލިވިޔަސް މުބާރާތުގެ ފައިނަލުން ދެވަނަ ފަހަރަށް ނިއުކާސަލް އަށް ޖާގަ ލިބޭނެއެވެ. ދެވަނަ ލެގު ކުޅޭނީ އަންނަ މަހު ފަސްވަނަ ދުވަހު އެވެ.
މިއީ މިހާތަނަށް ނިއުކާސަލް އަށް ކާމިޔާބުކުރެވިފައިވާ މުބާރާތެއް ނޫނެވެ. ސެމީފައިނަލް ދެވަނަ މެޗުގައި ވާދަކުރަނީ ލިވަޕޫލާއި ޓޮޓްނަމް އެވެ.