
މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އާސެނަލް
އާސެނަލް ތާވަލްގެ ދެވަނަ އަށް

ހަފްސީ އަބްދުﷲ - 28 ޑިސެމްބަރު 2024 - 04:35
އިނިގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ދެވަނަ އަށް އާސެނަލް ޖެހިލައިފިއެވެ.
އާސެނަލް ލީގު ތާވަލްހެ ދެވަނަ އަށް ޖެހިލީ މިހަފްތާގައި ޗެލްސީ އަށް މޮޅު ނުވެވުމުގެ ފައިދާ ނަގައިގެންނެވެ. އާސެނަލް ދެވަނަ އަށް ޖެހިލީ އިޕްސްވިޗް ޓައުން 1-0 ން ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނިޓްގައި ޖެހީ ކައި ހާވާޓްޒް އެވެ. އެއީ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.ރެލިގޭޝަން ޒޯންގައި އޮތް އިޕްސްވިޗް ޓައުން އަތުން ހަނި މޮޅެއް ލިބުނަސް, މުޅި މެޗު ކޮންޓްރޯލްކޮށް ކުޅުނީ އާސެނަލް އިންނެވެ. އަދި ލަނޑު ޖަހާނެ އިތުރު ފުރުޞަތުތައްވެސް ހޯދިއެވެ. އޭގެތެރޭގައި ދެވަނަ ލަނޑެއް ޖަހަން ކައި ހާވާޓްޒް އަށް ިބުނު ރަނގަޅު ފުރުޞަތުވެސް ހިމެނެއެވެ.
މެޗުން މޮޅުވެ އާސެނަލް ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ލިވަޕޫލަށްވުރެ ހަ ޕޮއިންޓް ފަހަތުގައެވެ. އަދި ތިންވަނައިގައި އޮތް ޗެލްސީ އަށްވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

އާސެނަލްގެ ދަނޑުގައި މޮޅުވެ, ނިއުކާސަލް ކަރަބޯ ކަޕް ފައިނަލްގެ ފުރުޞަތު ބޮޑުކޮށްފި
އަހަރެއް ކުރިން

ވުލްވްސް ބަލިކޮށް, ނޮޓިންގހަމް ފޮރެސްޓުން ލިވަޕޫލާ ދެކޮޅަށް ނިކުންނަން ތައްޔާރުވެއްޖެ
އަހަރެއް ކުރިން

ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް އެއްވަރު
އަހަރެއް ކުރިން

އާސެނަލް ދޭކަށް, ނޮޓިންގހަމް ފޮރެސްޓް ތިނަކަށް
އަހަރެއް ކުރިން


