logo

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ

profile

އައިމިނަތު ރޫޔާ - 19 ނޮވެމްބަރު 2024 - 13:00

މަސްވެރިކަންކުރުން---

މަސްވެރިކަންކުރުން---

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތަކަށް ހާއްސަކޮށްގެން ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ބުނީ މި މުބާރާތުގެ މަގްސަދަކީ ވާދަވެރި މާހައުލެއްގައި މަސްވެރިކަން ކުރުމާއި ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުން ކަމުގައެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރު 2024 ގައެވެ.

މި މުބާރާތުގައި އެއްވަނައަށް ހޮވޭ ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް ހޮވޭ ޓީމަކަށް 20،000 ރުފިޔާ، ތިންވަނައަށް ހޮވޭ ޓީމަކަށް 15،000 ރުފިޔާ ދިނުމަށް ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

ހަމަމިއާއެކު މުޅި މުބާރާތުގައި އެންމެ ބަރުމަސް ބާނާ ފަރާތަށް 2،000 ރުފިޔާގެ ފައިސާގެ އިނާމުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ނުވަތަ އަމިއްލަގޮތުން ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެެއް ކަމަށެވެ. މި މުބާރާތާއި ގުޅޭ އާންމު ގަވާއިދު ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވެބްސައިޓްގައި ހިއްސާކޮށްފައެވެ.

އެ ވުޒާރާއިން ބުނީ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެއްކަރުދާސްކޮށްފައިވާ އާންމު ގަވާއިދުގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމް ފުރިހަމަކުރުމަށެވެ.



https://wamco.com.mv/
tel:+9607331319