logo

4 އަހަރު ނިމޭއިރު ދިވެހިންގެ "އަސްލުތަކާއި ހަގީގަތްތައް" އެނގޭނެ: ވަޒީރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 09 ނޮވެމްބަރު 2024 - 18:10

ރައިސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުރިއަށް އޮތް 4 އަހަރު ނިމޭއިރު ދިވެހިންނަށް، ދިވެހިންގެ "އަސްލުތަކާއި ހަގީގަތްތައް" އިލްމީ ގޮތުން އެނގޭނެ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް މާލެ ސަރަހައްދުގައި މިއަދު ހެނދުނު 10: 30 ފަށައިގެން ކުރިއަށްގެންދާ 'މެމްބާޝިޕް ޑްރައިވަށް' ވަޑައިގެން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ އެމަނިކުފާނުގެ ވެރިކަމުގެ 4 އަހަރު ނިމޭއިރު ދިވެހިންނަކީ އެމީހުންގެ ގައުމާއި ތަރިކައާއި އަސްލުތަކާ ހަގީގަތްތަކާ ބެގޭ ގޮތުން އިލްމީ ގޮތުން ފޯރުންތެރި ބަޔަކަށް ހެދުން ކަމަށެވެ.

މިކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ މިއަހަރު ރައީސް ދެއްވި ފުރަތަމަ ތަގުރީރުގައި ގައިވެސް އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ ވާހަކަފުޅު ދެއްކެވި ކަން ފާހަގަކުރައްވާފަ އެވެ.

" ގައުމީ ކަންކަމަށް އިލްމީ ނަޒަރަކުން ބުއްދީގެ ހަމަތަކުން ބަލާ ގޮތް ކަނޑައެޅުން ހަމައެކަނި އިހުސާސެއްގެ ލެވެލްގަ ގައުމީ ލޯބި ބޭއްވުމުގެ ބަދަލުގައި އެއީ އިލްމީ ހަމަތަކަކުން ވަޒަންކުރެވޭ އެއްޗެއްގެ ގޮތަށް ގައުމާ ރައްޔިތަކާ ނުވަތަ ގައުމެއްގެ އަހުލުވެރިޔަކާ އޮންނަ ގުޅުން، މިއީ ރައީސް އެ ގެންގުޅުއްވާ އާ ނަޒަރަކީ،" ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ އެކަން ރައީސްގެ ވެރިކަމުގެ ދައުރު ނިމޭއިރު ހަގީތަކަށް ހެދޭނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319