logo

20 ވަނަ ގަރުނުގައި ދިވެހިން ދުށް ހުވަފެން ހަގީގަތަކަށް ހަދައިދޭނީ ރައީސް: ވަޒީރު އާދަމް ނަސީރު އިބްރާހީމް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 11 ނޮވެމްބަރު 2024 - 12:30

ޖޫމްހޫރީ ދުވަހުގެ ޖަލްސާަގައި ވަޒީރު އާދަމް ނަސީރު ވާހަކަދައްވަނީ

ޖޫމްހޫރީ ދުވަހުގެ ޖަލްސާަގައި ވަޒީރު އާދަމް ނަސީރު ވާހަކަދައްވަނީ

20 ވަނަ ގަރުނުގައި ދިވެހިން ދެކެމުން އައި ހުވަފެން ހަގީތަކަށް ހަދައިދޭނީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރާއްޖޭގެ 56 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުވަހާ ގުޅުވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ދިވެހިން 20 ވަނަ ގަރުނުގައި ނިންމި ނިންމުމުން އެނގިގެންދަނީ " ދިވެހިން ނާ ބެހޭ ކަންކަން ދިވެހިން ނިންމަން ބޭނުންވާ" ކަން ކަމަށެވެ.

"ޖުމްހޫރިއްޔަތެއް ދިވެހި ރައްޔިތުން ބަލައިގަތުމުގެ މާނައަކީ ދިވެހި ގައުމާ ބެހޭ ގޮތުން ދިވެހިންނާ ބެހޭ ގޮތުން ދިވެހި ރާއްޖެ ކުރިއަރުވައި ތަރައްގީކުރުމާ ބެހޭ ގޮތުން ވިސްނަންޖެހޭ ވިސްނުންތައް ކުރަންޖެހޭ ފިކުރުތައް އޭގެ އާހިރު ނިންމުންތަކުގައި ކޮންމެ ދިވެއްސެއްގެ ހިއްސާ އާހިރުގައި އޮތުން. އެއީ ދިވެހިން އެދޭ ގޮތަކީ" ވަޒީރު

ވަޒީރު ވިދާޅުވީ ރައްޔިތުން އޭރުއްސުރެ ދެކެމުންއައި އެ ހުވަފެން ހަގީތަކަށް ވަމުން އަންނަ ތަން ފެންނަމުންދަނީ ރައީސް މުއިއްޒުގެ ސަރުކާރުގައި ކަމަށެވެ.

މިކަމަށް ބާރު ދެއްވުމުގެ ގޮތުން ވަޒީރު ވިދާޅުވީ ދިވެހި ގައުމާއި ދިވެހިންނާއި މެދު ރައީސް ގެންގުޅުއްވާ ތަސައްވުރު ހުށަހަޅުއްވައިދެއްވުމުން އެކަން ގަބޫލުކޮށް ރައްޔިތުން އެމަނިކުފާނާ ވެރިކަމުގެ އަމާނާތް ހަވާލުކުރި ކަމަށެވެ. ވެރިކަން ހަވާލުކުރުމުން ވެސް، އެމަނިކުފާނު ކުރިން ދެއްކެވި ވާހަކަތަކަށް ބަދަލު ނާންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހަވާލުކުރެއްވީމާވެސް އަދި އޭގެކުރިން ވެސް އެމަނިކުފާނު ވިދާޅުވަމުން ގެންދެވި ދެ އިބާރާތެއް އަޅުގަނޑު ދަންނަވާލާނަން. އާދެ އެއް އިބާރާތަކީ ތިމަންމަނިކުފާނު ހުންނަވާނީ ދިވެހި ރައްޔިތުންފެ ފަޅީގައޭ. މިކަން އަޅުގަނޑުމެންނަށް ކަށަވަރުވަމުން، ފެންނަމުން ދަނީ. ދެވަނަ އިބާރާތަކީ ތިމަން މަނިކުފާނު ވެރިކަން ކުރައްވަން ބޭނުންފުޅު ވަނީ ތިރިން މައްޗަށޭ. އޭގެ މާނައަކީ ގައުމުގެ ހުރިހާ ފަށަލަތަކެއް ޝާމިލުވާ، ހުރިހާ ފަށަލަތަކެއް ބައިވެރިވާ، ތިރިން މައްޗަށް ގައުމާ މެދު ހުރިހާ ހިޔާލުތަކެއް ހުރިހާ ފިކުރުތަކެއް، ހުރިހާ އެކުލަވާލުންތަކެއް އެކަށައެޅިގެން އަންނަ ގޮތެއްގަ އޭ."ވަޒީރު

މިކަންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ 20 ވަނަ ގަރުނުއްސުރެ ދިވެހިން ދެކެމުން އައި ހަގީގަތަށް ވަމުން އަންނަނީ މިއަދު ކަމަށެވެ.

https://wamco.com.mv/
tel:+9607331319