
ލެސްޓާ ސިޓީ އަތުން މެންޗެސްޓާ ސިޓީއަށް ފަސޭހަ މޮޅެއް!

އަޙްމަދު ތަސްލީމް - 16 އޭޕްރީލު 2023 - 01:35
އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ 3-1 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.
މެންޗިސްޓާ ސިޓީ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީ އިން ކާމިޔާބުކުރި ތިން ލަނޑުވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަަމަ ހާފުގައެވެ. އެޓީމުގެ ފުރަތަމަ ލަނޑު 5 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯން ސްޓޯން އެވެ. މިއީ ރޮޑްރީ ދިން އެސިސްޓަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ސިޓީގެ ދެވަަނަ ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ހާލަންޑް އެވެ. އަދި ސިޓީގެ ތިންވަނަ ގޯލުވެސް ފުރަތަމަ ހާފުގެ 25 ވަނަ މިނުޓުގައި ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ.
މެޗުގައި ލެސްޓާ ސިޓީ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިހެނާޗޯ އެވެ.
މިރޭގެ މެޗާއެކު ސިޓީ އޮތީ ކުަޅުނު 30 މެޗުން ލިބުނު 70 ޕޮއިންޓާއެކު ތާވަލުގެ ދެވަނާގައެވެ. އަދި ލެސްޓާ ސިޓީ އޮތީ ކުޅުނު 31 މެޗުން 25 ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުން 2 ވަނާގައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެލަނޑާއެކު ސިޓީ އިން ވިލަރެއާލް ބަލިކޮށްފި
އަހަރެއް ކުރިން

ހާލަންޑްގެ ދެލަނޑާއެކު ވުލްވްސް އަތުން ސިޓީއަށް ފަސޭހަ މޮޅެއް
އަހަރެއް ކުރިން

ކުލަބު ވޯލްޑްކަޕް: އަލް ހިލާލް އަތުން ބަލިވެ މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފި
އަހަރެއް ކުރިން

ވުލްވްސް އަތުން މޮޅުވެ މެންޗެސްޓާ ސިޓީ ތިންވަނައަށް ކުރިއަށް ޖެހިލައިފި
އަހަރެއް ކުރިން


