
—
އޮޒިލް ފުޓްބޯޅަ އިން ރިޓަޔާކޮށްފި

އަހުމަދު ލައްމާހު އަޒީޒު - 22 މާރިޗު 2023 - 15:21
އާސެނަލް، ރެއާލް މެޑްރިޑް އަދި ޖަރުމަނުގެ ކުރީގެ މިޑްފީލްޑަރު މެސުޓް އޮޒިލް އުމުރުން 34 އަހަރުގައި ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.
އޮޒިލް ވަނީ އޭނާގެ ކްލަބް ކެރިއަރުގައި ނުވަ ތަށި ހޯދާފައެވެ. އޭގެ ތެރޭގައި ހަތަރު އެފްއޭ ކަޕާއި 2012 ވަނަ އަހަރު ސްޕެނިޝް ލަލީގާ ގެ ޗެމްޕިއަންކަން ވެސް ހިމެނެ އެވެ. އޭނާ ވަނީ އުފަން ގައުމު ޖަރުމަނަށް 92 މެޗު ކުޅެ، 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް އުފުލާލި ޓީމުގައި ވެސް ހިމެނިފަ އެވެ.
އޮޒިލް ބުނީ މިއީ ހަނދާން ނައްތާނުލެވޭ ފަދަ ވަގުތުތަކަކާއި އިހުސާސްތަކުން ފުރިގެންވާ ހިތްގައިމު ދަތުރެއް ކަމަށެވެ. އޭނާ ބުނީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމުގެ ނަސީބު ލިބުނުތާ ގާތްގަނޑަކަށް 17 އަހަރު ވެފައިވާ ކަމަށާއި އެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޝާލްކޭ އާއި ވާޑާ ބްރެމެންއިން ކެރިއަރު ފެށި އޮޒިލް ވަނީ 2010 ވަނަ އަހަރުގައި ރެއާލް މެޑްރިޑަށް ބަދަލުވެ ލަލީގާ އާއި ކޮޕާ ޑެލްރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި އޮޒިލް ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭރުގެ ކްލަބް ރެކޯޑް ފީއެއްގެ ގޮތުގައި 42.4 މިލިއަން ޕައުންޑަށް އާސެނަލާ ގުޅި، ފުރަތަމަ ދެ ސީޒަނުގައި ޖެހިޖެހިގެން އެފްއޭ ކަޕް ކާމިޔާބުކޮށް، ތިން ވަނަ ސީޒަނުގައި ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.
Thank you ❤️ pic.twitter.com/Aqr4pB5SI2
— Mesut Özil (@M10) March 22, 2023
"ވަރަށް ވިސްނުމަށްފަހު ޕްރޮފެޝަނަލް ފުޓުބޯޅައިން ވަގުތުން ރިޓަޔާކުރަން އިއުލާނު ކުރަން،" ޓްވިޓާގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ. އަދި އޮޒިލް ބުނެފައިވާ ގޮތުގައި ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމުގެ ނަސީބު ލިބުނުތާ ގާތްގަނޑަކަށް 17 އަހަރު ވެފައިވާ ކަމަށާއި އެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އެކަމަކު ފާއިތުވި ހަފުތާތަކާއި މަސްތަކުގައި، ބައެއް އަނިޔާތަކާ ކުރިމަތިލާން ޖެހުމުން، މިއީ ފުޓްބޯޅައާއި ދުރަށްދާންވީ ވަގުތުކަން އިތުރަށް ސާފުވެގެން ދެއެވެ.
އާއިލާގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެހީތެރިކަން ފާހަގަ ކުރަމުން ބަޔާނުގައި އޮޒިލް ވަނީ އޭނާގެ ހުރިހާ ކޯޗުންނާއި އެކުގައި ކުޅުނު ހުރިހާ ކުޅުންތެރިންނަށްވެސް ޝުކުރު އަދާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން