logo
ފާގަސަން އަދި ވެންގާ : ފޮޓޯ؛ ސްކައި ސްޕޯޓްސް

ފާގަސަން އަދި ވެންގާ : ފޮޓޯ؛ ސްކައި ސްޕޯޓްސް

އިނގިރޭސި ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމްގައި ސަރ އެލެކްސް ފާގަސަން އާއި އާސެން ވެންގާ ހިމަނައިފި

profile

އަހުމަދު ލައްމާހު އަޒީޒު - 30 މާރިޗު 2023 - 09:47

އިނގިރޭސި ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމްގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަން އާއި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ހިމަނައިފިއެވެ.

https://wamco.com.mv/

މި ދެ ކޯޗުންނަށް ބަލާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ރެކޯޑް 13 ތަށި ހޯދި އެންމެ ކާމިޔާބު މެނޭޖަރަކީ ސަރ އެލެކްސް ފާގަސަންއެވެ. މިގޮތުން ވެންގާ ވަނީ އާސެނަލް އަށް ތިން ފަހަރު ލީގު ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ތެރެއިން އެއް ފަހަރު ވަނީ ލީގުގެ އެންމެ މެޗަކުން ވެސް ބަލިނުވެ، ލީގު ކާމިޔާބުކޮށްދިފައެެވެ. މިހާރު އޭގެ ފަހުން 18 ސީޒަން ނިމިގެން ދިޔައިރުަވެސް ޕްރިމިއާ ލީގުގެ އެއްވެސް ޓީމެއް އަދި މި ރެކޯޑާ ހަމައަށް ވާސިލްވެފައެއް ނުވެއެވެ،

"މިކަހަލަ ޝަރަފެއް ލިބުމަކީ ވަރަށްބޮޑު އުފަލެއް. މިއީ އަސްލު އަހަރެން ޔުނަޓެޑްގައި ވަޒީފާ އަދާކުރިއިރު ކުރެވުނު ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް، މިކަމުގައި ކުޅުންތެރިން އަދި ސްޓާފުންނާއި މެދު ފަހުރުވެރިވަން" ފާގަސަން ބުންޏެވެ.

"އެހެން މީހުންނަށް އަހަރެން އެނގެން ބޭނުންވަނީ، އާސެނަލް ދެކެ ލޯބިވާ މީހެއްގެ ގޮތުގައި. އާސެނަލް އަށް އިހުތިރާމް ކުރާ، އަދި ކްލަބް ދޫކޮށްލުމުގެ ކުރިން ކުލަބު އިތުރަށް ތަރައްގީވާން ބޭނުންވި މީހެއްގެ ގޮތުގައި،" ވެންގާ ބުންޏެވެ.


Two legends who helped define the Premier League.

Sir Alex Ferguson and Arsene Wenger are the first two inductees of the 2023 #PLHallOfFame pic.twitter.com/fwgwtst5c3

— Premier League (@premierleague) March 29, 2023

2021 ވަނަ އަހަރު ތައާރަފްކުރި ހޯލް އޮފް ފޭމްގައި ޑޭވިޑް ބެކަމް، ޑެނިސް ބާގްކޭމްޕް، އެރިކް ކެންޓޯނާ، ތިއޭރީ ހެންރީ، ރޯއީ ކީން، ފްރޭންކް ލަމްޕާޑް، ސްޓީވެން ޖެރާޑް އެލަން ޝިއެރާ، ސާޖިއޯ އަގުއޭރޯ، ޑިޑިއޭ ޑްރޮގްބާ، ވިންސެންޓް ކޮމްޕެނީ، ވޭން ރޫނީ، ޕީޓާ ޝްމައިކަލް، ޕޯލް ސްކޯލްސް، ޕެޓްރިކް ވިއެރައިރާ ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ. ފާގަސަން އާއި ވެންގާ އަކީ މި ޝަރަފު ލިބުނު ފުރަތަމަ މެނޭޖަރުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay