
ގޯލު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ފަހަތުން އަރާ ސިޓީ އިން ލިވަޕޫލް ބަލިކޮށްފި

އަހުމަދު ލައްމާހު އަޒީޒު - 01 އޭޕްރީލު 2023 - 16:44
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން، ފަހަތުން އަރައި މެންޗެސްޓާ ސިޓީ އިން ލިވަޕޫލް 4-1 އިން ބަލިކޮށްފި އެވެ.
މެންޗިސްޓާ ސިޓީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލީޑުނަގައި ކުރިހޯދީވެސް ލިވަޕޫލުންނެވެ. މިއީ މެޗުގެ 17 ވަނަ މިނިޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ކާމިޔާބުކޮށްދިން ގޯލެކެވެ. ނަމަވެސް މެޗުގެ 27 ވަނަ މިނެޓްގައި އަލްވަރޭޒް ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ.
ދެ ވަނަ ހާފު ފެށިގެން މިނިޓެއް ނުވަނީސް ސިޓީ އަށް ލީޑު ނަގައިދިނީ ކެވިން ޑީބްރޭނާ އެވެ. މިއީ ރިޔާދު މަހްރޭޒް ގެ އެސިސްޓަކުން ން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. އަދި 53 ވަނަ މިނިޓުގައި ސިޓީގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ އިލްކާއި ގުންޑޮއާން އެވެ. ދެވަނަ ހާފުގައިވެސް ގިނަވަގުތު ބޯޅަހިފަހަށްޓާ ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ ސިޓީއިންނެވެ. އަދި އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝް އެވެ.
މިރޭ ކުޅުނު މެޗާއެކު ލިވަޕޫލް އޮތީ ކުޅުނު 27 މެޗުން 42 ޕޮއިންޓާއެކު ތާވަލުގެ 8 ވަނާގައެވެ. މެންޗިސްޓާ ސިޓީ އޮތީ މިހާރު ކުޅުނު 28 މެޗުން 64 ޕޮއިންޓާއެކު ތާވަލުގެ 2 ވަނާގައެވެ.
ލީގުގައި އަންނަ ހަފްތާ ސިޓީން ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާ އެވެ. އަދި ލިވަޕޫލް ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
ގުޅުން ހުރި ޙަބަރުތައް

ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ އަގުތަށް ދަށަށް ގޮސްފި
ގަޑިއިރެއް ކުރިން

އެމް ގެޕް ސްޓޭންޑަރޑަށް އަހުލުވެރި ކުރުމުގެ ވޯކްޝޮޕް ފަށައިފި
ގަޑިއިރެއް ކުރިން

ހެޕިނަސް ލައުންޖާއި ޔޫތު ކައުންސިލްގެ ހިދުމަތް ޔޫތު ހަބުން ދޭން ފަށައިފި
3 ގަޑިއިރު ކުރިން

ފަހުވަގުތު ލީޑްސް ޔުނައިޓެޑުން ލިވަޕޫލް ހުއްޓުވައިފި
7 ގަޑިއިރު ކުރިން


