logo
—

ސަލާހު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ބޯންމައުތު އަތުން ލިވަޕޫލް ބަލިވެއްޖެ

profile

އަހުމަދު ލައްމާހު އަޒީޒު - 11 މާރިޗު 2023 - 15:34

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ބޯންމަތް އަތުން އިން ލިވަޕޫލް ބަލިވެއްޖެ އެވެ.

https://wamco.com.mv/

ބޯންމައުތު ދަނޑުގައި ކުޅުނު މި މެޗު ބޯންމައުތު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ މެޗުގައި ބޯންމައުތުން ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ފިލިޕް ބިލިން އެވެ. މި ގޯލު ކާމިޔާބު ކުރީ ލިވަޕޫލްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.


ލިވަޕޫލަށް މެޗުގެ 67 ވަނަ މިނެޓުގައިވެސް ވަނީ ނަތީޖާ އެއްވަރުކޮށްލަން ޕެނަލްޓީއެއްވެސް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން ބޯންމައުތުގެ ޑިފެންޑަރު އެޑަމް ސްމިތު އަތުގައި ބޯޅައިން ޖެހިގެންނެވެ. ނަމަވެސް ސަލާހް ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އަދި މެޗު ނިމެން ކައިރިވެފައި އޮށްވަވެސް ނަތީޖާ އެއްވަރުކޮށްލަން ލިވަޕޫލްގެ ކޯޑީ ގަކްޕޯ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައިވެ އެވެ. ލިވަޕޫލާއި ބޯންމައުތު ބައްދަލު ކުރި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ނުރައްކާތެރި ހަމަލާތައް އުފައްދާފައި ވަނީ ލިވަޕޫލުންނެވެ.


މި މެޗުގެ ނަތިޖާއާއި އެކު، މެޗު ފެށުމުގެ ކުރިން ޓޭބަލް ފުލުގައި ބޯންމައެުތް އޮތް ނަމަވެސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު 26 މެޗުން ލިބުނު 24 ޕޮއިންޓާއެކު ބޯންމައުތް މިހާރު އޮތީ ޓޭބަލްގެ 17 ވަނާގައެވެ. ލިވަޕޫލަށް ކުޅުނު 26 މެޗުން ލިބުނު 42 ޕޮއިންޓާ އެކު އެ ޓީމު އޮތީ ތާވަލްގެ ފަސް ވަނައިގައެވެ.



https://wamco.com.mv/
https://eportal.mwsc.com.mv/e-pay