
ސްކޮލަރޝިޕް ފުރިހަމަ ކުރި ފަރާތަތަކަށް ޕްރިންސިޕަލް ކަމުގެ މަސްއޫލިއްޔަތު ހަވާލުކުރުން
ސްކޮލަރޝިޕް ފުރިހަމަ ކުރި ފަރާތްތަކަށް ޕްރިންސިޕަލް ކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފި

ޔޫޝައު ހަސަން - 09 މާރިޗު 2023 - 19:11
ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ގޮތުން އެރުވުނު ސްޮލަރޝިޕް ގެ ދަށުން ތަމްރީނު ފުރިހަމަކުރި ފުރަތަމަ ބެޗުގެ ޕްރިންސިޕަލުންނަށް ޕްރިންސިޕަލް ކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފިއެވެ.
މި މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވަނީ މިރޭ އެކަމަށް ބޭއްވުނު ހާއްސަ ރަސްނމިޔާތެއްގައި ނައިބުރައީސް ފައިސަލް ނަސީމެވެ.
ތައުލީމު ފޯރުކޮށްދެ ފަރާތްތަކުގެ ކުރި އެރުމަށާއި ތަރައްގީއަށް ފަހި ފުރުސަތުތަކެއް ހުޅުވާލުމުގެ މަގްސަދުގައި ސަރުކާރުން 2022 ވަނަ އަހަރުގެ މާރިޗްމަހު ތައާރަފްކުރި މި ޕްރްގްރާމުގެ ދަށުން ޖުމުލަ 18 ޕްރިންސިޕަލަކު ވަނީ ތަމްރީނު ފުރިހަމަކޮށް މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެފައެވެ.
މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދަޅުވީ ވަރަށް އަވަހަށް މި ފަދަ ތަމްރީނުގެ އިތުރު ފުރުސަތުތަކެއް ޕްރިންސިޕަލުންނަށް ހުޅުވާލާނެ ކަމުގައެވެ.
މި ރަސްމިއްޔާތުދައި ނައިބު ރައިސް ގެ އިތުރުން އެޑިއިކޭޝަން މިނިސްޓަރ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ކުރީގެ ރައީސުންގެ އޮފީސް ހަރަދު އުނިކޮށް، ނައިބުންނަށް އިނާޔަތްލިބޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި
12 ގަޑިއިރު ކުރިން

ވޭޕް ވިއްކި ބަޔަކު ހުއްޓުވައި، އެކަކު ޖޫރިމަނާކޮށްފި
12 ގަޑިއިރު ކުރިން

ޒަކާތުގެ ފުރަތަމަ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި
14 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ކުލި ކައުންސިލްތަކަށް ލިބޭގޮތައް އިސްލާހުގެނައި ބިލް ރައީސް ތަސްދީގުކުރައްވައިފި
14 ގަޑިއިރު ކުރިން


