އައްބާސް އާދިލް ރިޒާގެ ޝަރީޢަތް މިއަދު ފަށަނީ!
އަހުމަދު ޒަލީފު - 04 މާރިޗު 2023 - 18:30
އައްބާސް އާދިލް ރިޒާ
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ރޯކޮށްލަން ގޮވާލި މައްސަލައިގައި ހައްޔަރު ކުރި އައްބާސް އާދިލް ރިޒާގެ ޝަރީއަތް މިއަދު ފަށަން ތާވަލްކޮށްފިއެވެ.
އައްބާސްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާއެވެ.
އޭނާގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު މީސްމީޑީއާ މަންސާއެއް ކަމަށްވާ "ކްލަބްހައުސް" ގައި އޭނާ ވާހަކަ ދައްކަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީ ކަމަށެވެ
އޭނާ ކުރި ޓްވީޓްގެ މައްސަލަ ހޫނުވުމުން އޭނާ ބުނެފައިވަނީ އޭނާ ޓްވިޓާ ބޭނުން ނުކުރާ ކަމަށާއި އެއީ އޭނާގެ ޓްވީޓެއް ނޫން ކަމަށެވެ. އެކަމަކު ކޯޓު އަމުރަކަށް ފުލުހުން އައްބާސް ހައްޔަރުކޮށް އޭނާގެ ފޯނު އަތުލައިގެން ބެލި ބެލުމުން އެއީ އައްބާސް ބޭނުންކުރާ އެކައުންޓެއް ކަމަށް ކަށަވަރުވެފައިވާ ކަމަށް އެނގިފައިވެ އެވެ.
އައްބާސްގެ މައްޗަށް ދައުވާ ކުރީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާއެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މިއަދު ހެނދުނު 11 އަށެވެ.
ޕީޖީން ކޮށްފައިވާ ދައުވާ އައްބާސްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެއް އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އިންޑިއާ ހައިކޮމިޝަން ހުޅުޖެހުމަށް ގޮވާލި މައްސަލައިގައި އައްބާސް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހައްޔަރު ކޮށްފައެވެ. އަދި މައްސަލަ ތަހުގީގުކޮށް ނިމުމުން ވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ދޫކޮށްލާފައެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން