
ދިރާގު ޕޭގެ ނަމުގައި ސްކޭމެއް، ސަމާލުވޭ!

ޝަހްޒާ މުޙައްމަދު - 14 ޑިސެމްބަރު 2025 - 08:37
ދިރާގު ޕޭގެ ނަމުގައި ފިޝިންގ ލިންކެއް ދައުރުކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
މި ލިންކުގައި ވަނީ "ދިރާގު - އަހަރުގެ އައު ހަދިޔާ" ގެ ނަމުގައި ސަރވޭއަކާއި ގިފްޓް ބޮކްސް ގޭމެއް މެދުވެރިކޮށް 30،000 ނުވަތަ 50،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް ބުނެފައެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި މި ލިންކަކީ ސައްޙަ ނޫން ޔޫއާރުއެލްތަކެއް ބޭނުންކޮށްފައިވާ ހީލަތެކެވެ. އިނާމު ހޯދުމަށް ލިންކް އެހެން ފަރާތްތަކަށް ފޮނުވުމަށް އެދެއެވެ. އެހެންވެ އެ އެލިންކު އެހެން މީހުން މމެދުވެރިކޮށް ފެތުރެއެވެ. މިފަދަ ލިންކުތަކަށް ނުފިތުމަށާއި، އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާ ނުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ޓޫ ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމަށާއި، އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ އަށް އީމެއިލް ކުރުމަށް އެންޓި ސްކޭމް ސެންޓަރުން އެދެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ބައިވެރިވެއްޖެ
7 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަސައްކަތުގެ 49.2 އިންސައްތަ ނިމިއްޖެ
10 ގަޑިއިރު ކުރިން

ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
13 ގަޑިއިރު ކުރިން

ހައި ކޯޓުގެ ފަޑިޔާރުކަަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ގަޑިއިރު ކުރިން


