logo

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ބައިވެރިވެއްޖެ

profile

މުހައްމަދު މުޝްރިފް - 14 ޑިސެމްބަރު 2025 - 12:11

މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކޮށްގެން ރ. ދުވާފަރުގައި ކުރިއަށް ގެންދާ ހަރަކާތުގައި، އެމް.ޑަބްލިޔު.އެސް.ސީ އިން ޓައިޓަލް ސްޕޮންސަރއެއްގެ ގޮތުގައި ބައިވެރިވެއްޖެއެވެ. "އެމް.ޑަބްލިޔު.އެސް.ސީ މަސް ރޭސް" ގެ ޓައިޓަލް ސްޕޮންސަރގެ އިތުރުން "މަސްވެރި ހަވީރު" ކުޑަކުދިންގެ ފެސްޓިވަލްގައި ވެސް އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ބައިވެރިވެ، ސްޓޯލް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތް ތަކުގައި އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ޑިސެންބަރު 12-13 ގައި ދުވާފަރުގައި ކުރިއަށްގެންދިޔަ މި ޙަރަކާތްތަކަކީ، "މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ޒުވާނުންގެ ބައިވެރިވުން" އިތުރުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

https://wamco.com.mv/

"އެމް.ޑަބްލިޔު.އެސް.ސީ މަސް ރޭސް" އަދި "މަސްވެރި ހަވީރު" ގެ އިތުރުން، މަސްވެރިންނަށް އަމާޒުކޮށް އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ރ. ދުވާފަރުގައި ދޮރުން ދޮރަށް ދާ ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ކެމްޕޭނުގެ މަޤްސަދަކީ، އެމް.ޑަބްލިޔު.އެސް.ސީ އިން ރ. ދުވާފަރުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިތުރުން، އެރަށުގައި އުފައްދާ އައިސް އަދި ތާޒާ ފެނާ މެދު ރައްޔިތުން ދެކޭ ގޮތާއި ޚިޔާލުތައް ދެނެގަނެ، މި ޚިދުމަތްތަކަށް ރައްޔިތުން އަހުލުވެރިކުރުވުމެވެ. އެގޮތުން، ރ. ދުވާފަރާއި ކައިރި އަތޮޅުތަކަށް އަމާޒުކޮށް ވައިބަރ ކޮމިއުނިޓީ ގްރޫޕެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ގްރޫޕް މެދުވެރިކޮށް އެމް.ޑަބްލިޔު.އެސް.ސީއިން ރ. ދުވާފަރާއި އަތޮޅުތެރޭގައި ދެމުންގެންދާ ޚިދުމަތްތަކުގެ އިތުރު މަޢުލޫމާތާއި ކުރިއަށްގެންދެވޭ ޕްރޮމޯޝަންތަކުގެ ތަފްސީލްތައް ޙިއްސާ ކުރެވޭނެއެވެ. މި ހަރަކާތްތަކުން ރ. ދުވާފަރާއި ކައިރި ރަށްރަށާއި އަތޮޅުތަކުގެ މަސްވެރިން އަދި ވިޔަފާރިވެރިންނަށް އެމް.ޑަބްލިޔު.އެސް.ސީގެ އައިސް އަދި ތާޒާ ފެން ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތުތައް މަގުފަހިވެގެންދާނެއެވެ.

ރ. ދުވާފަރަކީ އެމް.ޑަބްލިޔު.އެސް.ސީގެ އިންޓަރގްރޭޓަޑް ޔުޓިލިޓީގެ ދަށުން ފެނާއި ނަރުދަމާ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ކަރަންޓުގެ ޚިދުމަތާއި ކުނި މެނޭޖުކުރުމުގެ ޚިދުމަތްވެސް އެމް.ޑަބްލިޔު.އެސް.ސީގެ ބެލުމުގެ ދަށުން ފޯރުކޮށްދެމުން ގެންދާ ރަށެކެވެ. މީގެ އިތުރުން މިރަށުގައި އެމް.ޑަބްލިޔު.އެސް.ސީގެ ތާޒާ ފެނާއި އައިސް އުފައްދާ ކާރުޚާނާއެއްވެސް ހުރެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay