
ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަސައްކަތުގެ 49.2 އިންސައްތަ ނިމިއްޖެ

ޝަހްޒާ މުޙައްމަދު - 14 ޑިސެމްބަރު 2025 - 09:06
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމަސައްކަތް ކުރާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލްއިްނ ބުނި ގޮތުގައި މި މަޝްރޫޢުގެ ޖުމްލަ 49.2 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 31 ހެކްޓަރުގެ ބިން ވަނީ ހިއްކިފައެވެ.
މި މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މިހާރުވަނީ 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ކެޕޭސިޓީގެ ބޮޑު 2 ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ ގެނެސް ބިން ހިއްކަން ފަށާފައިވަނީ ނޮވްމެބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
އެމްއޭސީއެލް އިން ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ބައިވެރިވެއްޖެ
7 ގަޑިއިރު ކުރިން

ދިރާގު ޕޭގެ ނަމުގައި ސްކޭމެއް، ސަމާލުވޭ!
10 ގަޑިއިރު ކުރިން

ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
13 ގަޑިއިރު ކުރިން

ހައި ކޯޓުގެ ފަޑިޔާރުކަަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ގަޑިއިރު ކުރިން


