
ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ޝަހްޒާ މުޙައްމަދު - 14 ޑިސެމްބަރު 2025 - 06:20
ހއ.ކެލާގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޑިސެންބަރުމަހުގެ 13 ވަނަ ދުވަހު، ހއ.ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
ހއ.އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް 'ކަލެކްޝަން ޕޮއިންޓް' ގޮތުގައި މިހާރު ދިއްދޫ، އިހަވަންދޫ އަދި ކެލާ ވެސް ޚިޔާރުކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ޕާސްޕޯޓު އަދި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުން އަންނަނީ، ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރު ކުރަމުންނެވެ. މިޚިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު މާލީގޮތުން ރައްޔިތުން އުފުލަމުން ދިޔަ ބޮޑު ބުރައަކަށް ނިމުމެއް އަންނާނެކަމަށް ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ބައިވެރިވެއްޖެ
7 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަސައްކަތުގެ 49.2 އިންސައްތަ ނިމިއްޖެ
10 ގަޑިއިރު ކުރިން

ދިރާގު ޕޭގެ ނަމުގައި ސްކޭމެއް، ސަމާލުވޭ!
10 ގަޑިއިރު ކުރިން

ހައި ކޯޓުގެ ފަޑިޔާރުކަަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ގަޑިއިރު ކުރިން


