
ހައި ކޯޓުގެ ފަޑިޔާރުކަަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޝަހްޒާ މުޙައްމަދު - 14 ޑިސެމްބަރު 2025 - 06:10
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ހުޅުވާލައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ވަނީ ހައި ކޯޓަށް ދެ ފަނޑިޔާރުން ބޭނުންވާ ކަމަށެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
ހައި ކޯޓްގެ ފަނޑިޔާރެއްގެ އަސާސީ މުސާރަ އަކީ 45700ރ. އެވެ. މީގެ އިތުރުން ލިވިން އެލަވަންސަށް މަހަކު 18000ރ. އާއި ރިސްކް އެލަވަންސަށް މަހަކު 3300ރ. ލިބޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އެލަވަންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.
އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 21 އާ ހަމައަށެވެ.
ހައިކޯޓަކީ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ކޯޓެކެވެ. ނަމަވެސް މިހާރު އެ ކޯޓުގައި ތިއްބެވީ 9 ފަނޑިޔާރުންނެވެ. ހައިކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގެންނެވި ފަނޑިޔާރު، މުހައްމަދު ނިޔާޒް ފަނޑިޔާރުކަމުން ރިޓަޔަ ކުރައްވައި، ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ފައިސަލް ދާދި ފަހުން އިސްތިއުފާ ވެސް ދެއްވާފައި ވާތީއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ބައިވެރިވެއްޖެ
6 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަސައްކަތުގެ 49.2 އިންސައްތަ ނިމިއްޖެ
9 ގަޑިއިރު ކުރިން

ދިރާގު ޕޭގެ ނަމުގައި ސްކޭމެއް، ސަމާލުވޭ!
9 ގަޑިއިރު ކުރިން

ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
12 ގަޑިއިރު ކުރިން


