logo

ފުރާނަ ސަލާމަތް ކުރުމަށް މަގުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމާ!

profile

އައިޝަތު އިނާޝާ - 05 ނޮވެމްބަރު 2025 - 07:45

ރާއްޖޭގެ ވެރިރަށް މާލެ އަކީ މީހުން ގިނަ ތޮއްޖެހިފައިވާ ތަނެކެވެ. ކޮންމެ ދުވަހަކުމެ މަގުމަތީގައި އެތައް ދަތުރެއް ކުރަންޖެހިފައިވާއިރު، އެދަތުރުތަކަކީ ކުރު ދަތުރެއް ނަމަވެސް، ނުވަތަ ދިގު ދަތުރެއް ނަމަވެސް، ރައްކާތެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި ދަތުރުވެރިންގެ ރައްކާތެރިކަމަށް އަޅާލުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ.

https://wamco.com.mv/

އޯވަޓޭކް ނުކުރުމާ، ދުވާރުން ހިނގުމާ، ކަފިހި ހުރަހުން ހުރަސްކުރުމާ، ދުއްވާއިރު ސަމާލްކަން ދިނުމާ، މިއީ ފަރުދީގޮތުން ކުރެވޭނެ ކަންކަމެވެ.

އެއްވެސް އުޅަނދެއްގައި، އެ އުޅަނދަކަށް ހުއްދަ ދެވިފައިވާ އަދަދަށްވުރެ ގިނަ މީހުން އުފުލައިގެން ނުވާނެއެވެ. ކޮންމެ ދަތުރުވެރިއަކު ވެސް ސީޓްބެލްޓް އެޅުން މުހިއްމެވެ. ސީޓްބެލްޓް އެޅުމަކީ ކުޑަކުޑަ ކަމެއް ނަމަވެސް، އެކަމުގެ ސަބަބުން ބޮޑެތި އެކްސިޑެންޓްތަކުން ސަލާމަތްވެ، ފުރާނަ ސަލާމަތްކުރެވޭނެއެވެ. އުޅަނދު ދުއްވާ ވަގުތު، ދަތުރުވެރިން ރަނގަޅަށް ސީޓްގައި އިށީނދެ ތިބެންވާނެއެވެ. އަދި ޚާއްޞަކޮށް މުދާ އުފުލާ ތަންތަނުގައި ނުވަތަ ރައްކާތެރި ނޫން ތަންތަނުގައި ދަތުރުކުރުމުން ދުރުހެލިވާން ޖެހެއެވެ.

ކުޑަކުދިންނަށް ދަތުރުކުރުމުގައި އިތުރު ރައްކާތެރިކަން ބޭނުންވެއެވެ. ދިހަ އަހަރުން ދަށުގެ ކުދިން ކުރީ ސީޓްގައި ބެހެއްޓުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އެންމެ ރައްކާތެރި ގޮތަކީ ކުއްޖާގެ އުމުރާއި ބަރުދަނަށް އެކަށީގެންވާ ޗައިލްޑް ސޭފްޓީ ސީޓެއް ބޭނުންކުރުމެވެ. ދުއްވާ ވަގުތު ކުއްޖަކު އުރާލައިގެން ނުވަތަ އަތްމަތީގައި ބާއްވައިގެން ދުއްވުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ ކުޑަ ސްޕީޑެއްގައި ހިނގާ އެކްސިޑެންޓެއްގައި ވެސް ކުއްޖާއަށް ބޮޑެތި ގެއްލުންތައް ލިބިދާނެއެވެ. ކުދިން ރަނގަޅަށް ސެކިއުއަރ ކުރުމަކީ އެކުދިންނަށް ދެވޭ އެންމެ ބޮޑު ރައްކާތެރިކަމެވެ.

ކޮންމެ ދަތުރެއް ވެސް، ކިތަންމެ ކުރު ނަމަވެސް، ރައްކާތެރިކަމާއެކު ފެށިގެން ނިމުމަކީ މުހިއްމު ކަމެކެވެ. ދޮރުތައް ރަނގަޅަށް ލައްޕާ، ކުޑަކުދިންނާއި ދަތުރުވެރިން ސީޓްބެލްޓް އަޅައިގެން ތިބުން ޔަގީންކުރުމަކީ މަގުމަތީގައި ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އެޅޭނެ މުހިއްމު ފިޔަވަޅުތަކެކެވެ. ރައްކާތެރިކަން މިއީ އަބަދުވެސް ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމެކެވެ.

މަގުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާ ތަކުގެ ވާހަކަ ކޮންމެ ދުވަހަކުހެން އަޑުއިވެއެވެ. ނަމަވެސް މަގުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާ ތަކުން ސަލާމަތްވުމަށް ގާނޫނުތަކާއި ގަވާއިދު ތަކެެއް ވާއިރު އެއީ ހަމައެކަނި ފޮތެއްގައި އޮންނަ ގަވާއިދު ތަކެއް ކަމަށް ބަލައިގެން އުޅުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެ ގަވާއިދު ތަކަށް އަމަލު ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. މަގުމަތީގައި އުޅަނދުތަށް ދުއްވާއިރު ބަލަން ޖެހޭނީ ހަމަ އެކަނި ތިމާގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަކަށް ނޫނެވެ. އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަކީ ވެސް ތިމާގެ ޒިންމާއެކެވެ. ހެދޭ ކިތަންމެ ކުޑަ ގޯހަކުންވެސް ތިމާއާއި އަނެކާގެ ފުރާނައަށް ނުރައްކާ ވެދާނެއެވެ.

މަގުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤަވައިދުތަކަށް އަމަލުކޮށްފިނަމަ އަމާން މުޖުތަމަޢުއެއް ޤާއިމުކުރެވޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay