
ލިވަޕޫލް އާއި ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިން..
ފޮރެސްޓް އަތުން ބަލިވެ ލިވަޕޫލް 11 ވަނައަށް ވެއްޓިއްޖެ

ހަސަން ޝަމްއޫން - 23 ނޮވެމްބަރު 2025 - 04:30
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ތާވަލުގެ 11 ވަނައަށް ވެއްޓިއްޖެއެވެ.
ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ލީޑްސް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރި ނަމަވެސް ފޮރެސްޓުން ވަނީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މުރިލޯ އެވެ.
ފޮރެސްޓުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ޑިފެންޑަރު ނިކޮލޯ ސަވޯނާ ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 78 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑްރު މޯގަން ގިބްސް ވައިޓް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 12 މެޗުން ފޮރެސްޓަށް 12 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލް ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު، އެޓީމު މިވަގުތު އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރޮބާޓޯ ފިރްމީނޯ ލިވަޕޫލްގައި އަބަދަށް މަޑުކުރަން ޖެހޭ : ފެބީނިއޯ
3 އަހަރު ކުރިން

ސަލާހު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ބޯންމައުތު އަތުން ލިވަޕޫލް ބަލިވެއްޖެ
3 އަހަރު ކުރިން

ފަހަތުން އަރާ ސިޓީ އިން ލިވަޕޫލް ބަލިކޮށްފި
3 އަހަރު ކުރިން

ޗެލްސީ ކޯޗުވަކިކޮށް، ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް އަތުން އެއްވަރު
3 އަހަރު ކުރިން


