logo
—

ޗެލްސީ ކޯޗުވަކިކޮށް، ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް އަތުން އެއްވަރު

profile

އަހުމަދު ލައްމާހު އަޒީޒު - 05 އޭޕްރީލު 2023 - 08:11

ލަންޑަން (އޭޕްރިލް 5) - ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރު ވެއްޖެއެވެ.

https://wamco.com.mv/

މިއީ ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ މަގާމުން ވަކިކުރި ފަހުން އެޓީމު ކުޅުނު ފުރަތަަމަ މެޗުވެސް މެއެވެ. އެގޮތުން މި މެޗުގައި ޗެލްސީ އަށް އިރުޝާދު ދީފައިވަނީ ވަގުތީ ކޯޗު ބްރޫނޯ ސެލްޓޯ އެވެ.ެ

ރޭގެ މަެޗުގައި ޗެލްސީގެ ފަރާތުން އެޓޭކިން މޮޅުކުޅުމެއް ފެނިގެންދިޔަ އިރު، ގޯލަށް ނުރައްކާ ގިނަ ހަމަލާތަކެއްވެސް ވަނީ ޗެލްސީ އިން ފޮނުވާލާފައެވެ. އެގޮތުން ޗެލްސީގެ ރީސް ޖޭމެސް ޖެހި ގޯލް އޮފްސައިޑް ކަމަށް ދެއްކި އިރު ދެވަނަ ހާފުގައި ކައި ހަވާޓްޒް ޖެހި ގޯލް ވެސް އޭނާގެ އަތުގައި ޖެހުމުން ވަނީ ވީއާރް ބަލާފައި ވަނީ ރޫލް އައުޓް ކޮށްފައެވެ.

ދެވަަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޗެލްސީގެ ގޯލާއި އަމާޒުކޮށް ރަގަޅު ހަމަލާތަކެއް ފޮނުވައި ގޯލަށް ނުރައްކާ ކޮށްފައެވެ.

ޗެލްސީ އަދި ލިވަޕޫލް ލީގުގައި އެންމެ ފަހުން ކުޅުނު 4 މެޗު ވެސް އެއްވަރުވެގެން ނިމުނުއިރު، އެންމެ ފަހުން ކުޅުނު ދެ މެޗުވެސް ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

މި ނަތީޖާއާ އެކު ޗެލްސީ އޮތީ ކުޅުނު 29 މެޗުން 39 ޕޮއިންޓާއިއެކު ތާވަލުގެ 11 ވަނާގައެވެ. އެގޮތުން ލިވަޕޫލް އޮތީ ކުޅުނު 28 މެޗުން ލިބުނު 43 ޕޮއިިިންޓާއެކު ތާވަލުގެ އަށް ވަނާގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay