logo

ރޮބާޓޯ ފިރްމީނޯ ލިވަޕޫލްގައި އަބަދަށް މަޑުކުރަން ޖެހޭ : ފެބީނިއޯ

profile

އަހުމަދު ލައްމާހު އަޒީޒު - 08 މާރިޗު 2023 - 14:40

https://wamco.com.mv/

ރޮބާޓޯ ފިރްމީނޯ ލިވަޕޫލްގައި "އަބަދަށް" މަޑުކުރަން ޖެހޭ ކަމަށް ފަބީނިއޯ ބުނެފި އެވެ.

ލިވަޕޫލް ސްކޮޑުގައި އަބަދުވެސް މުހިންމު ކުޅުންތެރިއެއްގެ ޔަގީންކަން ދީފައިވީ ނަމަވެސް ރޮބާޓޯ ފިރްމީނޯ މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލުމުގެވިސްނުން ގެންގުޅޭކަން އޭނަ ވަނީ ކަށަވަރުކޮށްދީފަ އެވެ.

ބްރެޒިލްގެ ކުޅުންތެރިޔާ މި މަހުގެ 30 ވަނަ ދުވަހު ކޮންޓްރެކްޓް ހަމަވާއިރު ފްރީ އެޖެންޓެއްގެ ގޮތުގައި ވަކިވާން ބޭނުންވާ ކަން ކްލަބަށް އަންގާފައިވީނަމަވެސް އޭނާއާ ނިސްބަތްވާ ގައުމް ބްރެޒިލް އަދި ލިވަޕޫލަށްވެސް ކުޅެމުން އަންނަ ފަބީނިއޯ އަދިވެސް އުއްމީދު ކުރަނީ އޭނާގެ ވިސްނުން ބަދަލުވާނެކަމަށެވެ.

އީއެސްޕީއެންއާ ވާހަކަ ދައްކަމުން ފަބީނިއޯ ބުނީ "ބޮބީ އަކީ ވަރަށް ހާއްސަ މީހެއް ކަމަށެވެ. އޭނާއަކީ އެންމެން ވެސް ލޯބިވާ މީހެކެވެ. އެހެންވީމާ، އޭނާއަކީއަހަރެންނަށްޓަކައި އަބަދު ލިވަޕޫލްގައި މަޑުކުރަންޖެހޭމީހެއް. އަހަރެން އައި ފަހުން ވަރަށް މުހިންމު މީހެއް. އަދި މުސްތަޤްބަލާ ބެހޭގޮތުން މާގިނަ ވާހަކައެއްދައްކާކަށް ބޭނުމެއް ނޫން، ނަމަވެސް މިވޭތުވެދިޔަ ދުވަސްތަކުގައި ލިވަޕޫލްގައި ބޮބީއާ އެއްކޮށް އަހަރުމެން ވަނީ ގިނަ ކާމިޔަބީތަކެއްވެސް ހޯދާފައެވެ. ބޮބީ ދިޔުމަކީ އަހަރެންނަށްވެސް މުޅި ލިވަޕޫލަށް ވެސް ލިބޭނެ ދެރައެއް" ފަބީނިއޯ ބުނެފައި ވެއެވެ.

ފިރްމީނޯ ވަނީ ޕްރިމިއާ ލީގުގެ މި ސީޒަނުގައި މިހާރު ކުޅުނު 18 މެޗުން އަށް ލަނޑު ޖަހާފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާމެންޗެސްޓާ ޔުނައިޓެޑް އަތުން 7-0 އިން ލިވަޕޫލް މޮޅުވި މެޗުގައިވެސް ފިރްމީނޯ ވަނީ ގޯލު ޖަހާފައެވެ.

https://etukuri.mv/
https://www.aslu.com.mv