logo

ރާއްޖެއިން ބޭރުގައި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ގޮވާލައި ޝިޔާމް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

profile

ޔޫޝައު ހަސަން - 14 ފެބްރުއަރީ 2023 - 08:50

ރައްޔިތުންގެ މަޖްލިހުގެ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް

ރައްޔިތުންގެ މަޖްލިހުގެ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންނާއި ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

https://wamco.com.mv/

އިންޑިއާއަށް ދަތުރުކުރި އިދިކޮޅު ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއް ސަމަދުގެ އެގައުމުން ޑީޕޮޓްކޮށްލުމާ ގުޅިގެން، މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝިޔާމް ވިދާޅުވީ، ގާނޫނު އަސާސީން ދިވެހީންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފައި، ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދެއްގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން، ބައެއް ގައުމުތަކުން އެ މީހުންނާ މެދު ޒާތީ ގޮތެއްގައި ފިޔަވަޅު އަޅަމުންދާ މައްސަލައިގައި ކަންބޮޑުވާ ކަމަށެވެ.

އެގޮތަށް ދިވެހިންނާ މެދު ފިޔަވަޅު އަޅާއިރު، ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިވެހިންގެ ރައްކާތެރިކަން ޔަގީން ކުރުމަށް ފިޔަވަޅުތަކެއް ނޭޅުމަކީ، ރާއްޖޭގެ ސަރަހައްދުގެ އެތެރެ އާއި ބޭރުގައި ދިވެހިންގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރު ކުރަން ގާނޫނުއަސާސީން ދިވެހި ދައުލަތަށް މަތިކޮށްފައިވާ ދުސްތޫރީ އަދި އަހުލާގީ ޒިންމާއަށް ހިޔާނާތްތެރިވުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުގަކަށް ދަތުރުކުރާ ދިވެހިން، ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގެއްގެ ބޭނުން ހިފާފައިވާ ގޮތަކާ ގުޅިގެން، އެހެން ދައުލަތަކުން ފިޔަވަޅު އަޅައި އަދަބު ދީފިނަމަ އެކަން ހުއްޓުވައި ޑިޕްލޮމެޓިކު އުސޫލު ތަކުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ދިވެހި ދައުލަތުން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން، ތަފާތު ކުރުމެއްނެތި ހުރިހާ ދިވެހިންނަށް ލިބޭނެ މަގުން އަމަލު ކުރުމަށް ސަރުކާރަށް ގޮވާލާކަމަށް ޝިޔާމު ވިދާޅުވިއެވެ.

މި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ވޯޓު ދެއްވީ، އެވަގުތު ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެރެއިން އެންމެ ހަ މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 39 މެންބަރުން ވޯޓު ދެއްވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay