logo
ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ފައިސާ ފޭރުނު ހަތަރު މީހުން، ފޮޓޯ: ފުލުހުން

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ފައިސާ ފޭރުނު ހަތަރު މީހުން، ފޮޓޯ: ފުލުހުން

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ފައިސާ ފޭރުނު ހަތަރު މީހަކު ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 01 ނޮވެމްބަރު 2026 - 10:09

މަކަރާއި ހީލަތުން (ސްކޭމްކޮށްގެން) މީހެއްގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައިގެން އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ހޯދުމަށްފަހު، އެ ކޯޑު ބޭނުންކޮށްގެން އޭނާގެ ބޭންކު އެކައުންޓަށް އެކްސެސްވެފައިވާ ކަމަށެވެ. އަދި އެ އެކައުންޓުން މަކަރާއި ހީލަތުން 63,000 ރުފިޔާއާއި 21,000 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ:

  1. ޏ. ފުވައްމުލައް / ދޫޑިގަން. ގޯލްޑަންގޭޓް، އިބްރާހީމް ޝާރިފް (34އ)
  2. ފ. ފީއަލި / މަތަރެސްމާގެ، ޖިނާޙު އަޙްމަދު (29އ)
  3. ފ. ނިލަންދޫ / ނަޒުމު، އިބްރާހީމް މުޢާޒު (38އ)
  4. ލ. ގަން / މަތިމަރަދޫ. ލިލީނައިޓް، ޢަލީ ދާއިން (21އ)

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހުއެވެ. އަދި ހަތަރުވަނަ މީހާ ހައްޔަރުކޮށްފައިވަނީ ޖެހިގެން އައި އޮކްޓޫބަރު 29 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޖިނާޙު އަޙްމަދު 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ދެން ތިބި ތިން މީހުން ކަމަށްވާ އިބްރާހީމް ޝާރިފް، އިބްރާހީމް މުޢާޒު އަދި ޢަލީ ދާއިންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319