logo
މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް

ކާސްޓިންގ ޔާރޑުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް އަލުން ބީލަން ހުޅުވާލައިފި

profile

އާމިނަތު ޝަޒްލާ - 01 ނޮވެމްބަރު 2026 - 10:11

ކާސްޓިންގ ޔާރޑްގެ ސެކިއުރިޓީ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މީގެކުރިން ކުރެވުނު އިއުލާން ބާތިލްކޮށް، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

https://wamco.com.mv/

މި މަސައްކަތަށް އެދި ކުރިން ޝާއިޢުކުރި ނަންބަރު (IUL)426-AA/426/2026/242 އިޢުލާން ބާތިލުކުރުމަށްފަހު، އަލުން ހުޅުވާލި މި ފުރުސަތުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި މިފަދަ ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 2026 ނޮވެންބަރު 02 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން، 2026 ނޮވެންބަރު 08 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީވުމަށްޓަކައި، ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް) އަށް މެއިލް ކުރަންޖެހެއެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަސައްކަތާ ގުޅޭ މައުލޫމާތު ޝީޓާއި ބިޑް ފޯމުގެ ސޮފްޓްކޮޕީ އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

މި ބީލަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 2026 ނޮވެންބަރު 02 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2026 ނޮވެންބަރު 09 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އާ ދެމެދު އަށް އީމެއިލް މެދުވެރިކޮށް ސުވާލު ފޮނުވުމަށް އެދިފައިވެއެވެ. އަދި ފޮނުވާ ސުވާލުތަކުގެ ޖަވާބު، 2026 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެންބަރު 18 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 ގައެވެ. ބީލަންތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ތާރީޚާއި ވަގުތު، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ސާފުކޮށް އެނގޭނޭހެން ލިޔެފައެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބިޑެއް ބަލައިނުގަނެ، އަނބުރާ ރައްދުކުރެވޭނެ ކަމަށް ވެސް އަންގާފައިވެއެވެ.

މި މަސައްކަތް ހަވާލުކުރެވޭނެ އުސޫލާއި، ހުށަހެޅޭ ބިޑުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެ ގޮތުގެ ތަފްސީލު ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އަށް އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.

https://wamco.com.mv/
tel:+9607331319