
މަގުމަތީގައި އާންމުންނަށް އުނދަގޫ ކުރާތީ ހައްޔަރުކުރި ފައިރިޝް, މީހެއްގެ ގެއަކަށް ވަންނަނިކޮށް
މަގުމަތީގައި އާންމުންނަށް އުނދަގޫ ކުރާތީ ހައްޔަރުކުރި ފައިރިޝް ފިލައިގެން އުޅެނިކޮށް އަލުން ހައްޔަރުކޮށްފި

އާމިނަތު ޝަޒްލާ - 01 ނޮވެމްބަރު 2026 - 11:59
މަސްތުގެ ހާލަތުގައި ހުރެ މާލޭގެ މަގުމަތިން އާންމުންނަށް އުނދަގޫ ކުރަމުންދާތީ ހައްޔަރުކޮށްފައި ވަނިކޮށް، ފަރުވާދޭ މަރުކަޒުން ފިލި އަހުމަދު ފައިރިޝް އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ފިލައިގެން އުޅުނު އުމުރުން 43 އަހަރުގެ ފައިރިޝް މާލެއިން ހޯދައި، މިހާރު ވަނީ އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. ނަމަވެސް އޭނާ ފެނުނު ސީދާ ތަނާއި، އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފައިރިޝް އަކީ މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި އެތައް ދުވަހެއް ވަންދެން ތަކުރާރުކޮށް މަސްތުގެ ހާލަތުގައި އާންމުންނަށާއި މަގުން ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫ ކުރަމުންދިޔަ މީހެކެވެ. އޭނާގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭތީ، އެކަމާ ހިތްހަމަނުޖެހިގެން މުހައްމަދު ސައީދު ނަމަކަށް ކިޔާ އާންމު ރައްޔިތަކު އެ ސަރަހައްދުގައި އިހުތިޖާޖު ވެސް ކުރި އެވެ. ފައިރިޝް އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ އިހުތިޖާޖާ ގުޅިގެން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މި މައްސަލަ އައުމުންނެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލުކޮށްފައި ވަނިކޮށް، އޭނާ އެ މަރުކަޒުން ފިލާފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ.
އެ މަރުކަޒުން އޭނާ ފިލިތާ 24 ގަޑިއިރު ވެސް ނުވަނީސް ފުލުހުން ކުރި މަސައްކަތުން މިހާރު ވަނީ އޭނާ އަލުން ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
މިފްކޯގެ 33 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު މަސް ކިލޯއެއް 23 ރުފިޔާއަށް ކިރަން ފަށައިފި
ގަޑިއިރެއް ކުރިން

އިންސްޕެކްޓަރ ކޯސް-7 ދ. ވާނީގައި ފަށައިފި
2 ގަޑިއިރު ކުރިން

ކާސްޓިންގ ޔާރޑުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް އަލުން ބީލަން ހުޅުވާލައިފި
4 ގަޑިއިރު ކުރިން

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ފައިސާ ފޭރުނު ހަތަރު މީހަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން


