logo
އިންސްޕެކްޓަރ ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންސްޕެކްޓަރ ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންސްޕެކްޓަރ ކޯސް-7 ދ. ވާނީގައި ފަށައިފި

profile

އާމިނަތު ޝަޒްލާ - 01 ނޮވެމްބަރު 2026 - 11:55

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ “އިންސްޕެކްޓަރ ކޯހުގެ 7 ވަނަ ބުރު ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ.

https://wamco.com.mv/

81 ކަމިޝަންޑު އޮފިސަރުންނާއެކު މި ކޯސް ކުރިއަށް ގެންދަނީ މިއަދުން ފެށިގެން 9 ހަފުތާގެ މުއްދަތަށެވެ. މި ކޯހުގެ ސަބަބުން، އޮފިސަރުންގެ ކިބައިގައި ރަނގަޅު ނިންމުންތައް ނިންމުމުގެ ގާބިލުކަމާއި، އަހުލާގީ މިންގަނޑުތަކުގެ މައްޗަށް ބިނާވެފައިވާ ލީޑަޝިޕް ސިފަތަކާއި، ޒަމާނީ ފުލުހުންގެ ހިދުމަތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ އައު އުކުޅުތައް ދަސްވެގެންދާނެއެވެ.

މި ކޯހުގެ މަގުސަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މިޑިލް މެނޭޖްމަންޓް ލެވެލްގައި މަސައްކަތްކުރާ ފުލުހުންނަކީ މަސައްކަތަށް ގާބިލު، ހުނަރާއި ތައުލީމު ލިބިފައިވާ، އެންމެ ރަނގަޅު ނަތީޖާ ނެރޭވޭފަދަ ގާބިލުކަން ލިބިފައިވާ އޮފިސަރުންނަށް ހެދުމާއި މެނޭޖީރިއަލް ލެވެލްގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް މުވައްޒަފުން ތައްޔާރުކޮށްދިނުމެވެ.

https://wamco.com.mv/
tel:+9607331319