
ތޫފާން އެރުމަށް ލަފާކުރެވޭ ބަޕަޓްލާއާއި ވިޝާޚަޕަޓްނަމްއާ ދެމެދުގައިވާ ސަރަޙައްދުތައް، މީގެ ތެރޭގައި އަންދްރަޕްރަދޭޝްއާއި ޔާނާމްގެ އައްސޭރިފަށުގެ ސަރަޙައްދުތައްވެސް ހިމެނޭ،، ފޮޓޯ: ހިންދުސްތާން ޓައިމްސް
ތޫފާން "އަރްނާބް" ބުދަ ދުވަހު އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް އަރާނެ ކަމަށް ލަފާކޮށްފި

އާމިނަތު ޝަޒްލާ - 26 އޮކްޓޯބަރު 2026 - 11:14
އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައި.އެމް.ޑީ) އިން ، ބާރުގަދަ ތޫފާން "އަރްނާބް" މި އަންނަ ބުދަ ދުވަހު އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ.
ބެންގަލް ކަނޑުއޮޅީގެ މެދުތެރޭ އިރުމައްޗާއި އެ ސަރަހައްދާ ގުޅިފައިވާ ހުޅަނގުގެ ސަރަހައްދުތަކުގައި އުފެދިފައިވާ މި ތޫފާނުގެ ހަރަކާތްތައް ދަނީ އިންޑިއާގެ މޫސުމީ ސެޓެލައިޓް "އިންސެޓް-3ޑީއެސް" މެދުވެރިކޮށް ގާތުން މޮނިޓަރ ކުރަމުންނެވެ.
"ހިންދުސްތާން ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބާރުގަދަ ވިލާތަކާއެކު އުފެދެމުންދާ މި ތޫފާން މިހާރު ދަތުރުކުރަމުންދަނީ އިންޑިއާގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތައް ކަމަށްވާ އަންދްރަޕްރަދޭޝް އަދި އޮޑިޝާއާ ދިމާލަށެވެ.
ހޯމަ ދުވަހުގެ ހެނދުނު އިންޑިއާ ގަޑިން 8:30 ގައި އައިއެމްޑީ އިން ނެރުނު ސެޓެލައިޓް ބުލެޓިންގައިވާ ގޮތުން، މި ތޫފާނުގެ މަރުކަޒު ހުރީ އުތުރު ދަރުޖަ 15.5 އާއި އިރުމަތި ދަރުޖަ 88.8 ގައެވެ. ސެޓެލައިޓް ތަހުލީލުތަކުން ދައްކާގޮތުގައި، މި ނިޒާމުގެ ވަށައިގެން މެދު މިންވަރަކުން ފެށިގެން ވަރަށް ބާރުގަދައަށް ވިލާ އުފެދުމުގެ ހަރަކާތްތައް ދަނީ ހިނގަމުންނެވެ. މިއީ މި ތޫފާނާ ގުޅިގެން ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ފަދަ ވަރުގަދަ ވިލާގަނޑުތަކެއް އުފެދެމުންދާކަމުގެ ނިޝާނެކެވެ.
އައި.އެމް.ޑީ އިން ލަފާކުރާ ގޮތުގައި، ތޫފާން 'އަރްނާބް' އޮކްޓޫބަރު 26 ގެ ރޭގަނޑުގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވެ، އޮކްޓޫބަރު 27 ވަނަ ދުވަހު ނުރައްކާތެރި ދަރަޖައަކަށް ބާރުގަދަވާނެއެވެ. މި ތޫފާން ދަތުރުކުރާނެ ކަމަށް ބެލެވެނީ އަންދްރަޕްރަދޭޝްގެ އައްސޭރިފަށާ ދިމާލަށެވެ. އަދި އޮކްޓޫބަރު 28 ގެ މެންދުރުގެ ކުރިން ބަޕަޓްލާ އާއި ވިސާކަޕަޓްނަމްއާ ދެމެދުން އަންދްރަޕްރަދޭޝް-ޔާނަމްގެ އައްސޭރިފަށަށް ތޫފާން އަރާނެ ކަމަށް ލަފާކުރެވެއެވެ.
އައި.އެމް.ޑީ އިން ހާމަކޮށްފައިވާ ގޮތުގައި، ތޫފާން އެއްގަމަށް އަރާއިރު ވައިގެ ބާރުމިން ގަޑިއަކު 115 އާއި 125 ކިލޯމީޓަރާ ދެމެދުގައި ހުންނާނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 140 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: އެކުއިޒިޝަން އަގާއި ކުލި ނުލިބުމުން ވާ މާލީ ގެއްލުން
4 ގަޑިއިރު ކުރިން
.webp&w=3840&q=75)
މި ސަރުކާރުގެ ވެރިން ބޭޒާރު ކޮށްލާނަން، ނުކުންނާނީ ފަހަރަކު މީހެއްގެ ވީޑިއޯއެއް: ޕާޕާ
20 ގަޑިއިރު ކުރިން

އިޒްރޭލު އިންތިޚާބު: ބޭރުގެ މައްސަލަތަކުގައި ކެންޑިޑޭޓުންގެ އެއްބަސްވުމާއި ދާޚިލީ ކަންކަމުގެ ހޫނު ބަހުސް!
20 ގަޑިއިރު ކުރިން

ފިލްމު 'ކިންގް' ގެ ފޯރިގަދަ ލަވައަކުން ޝާހްރުކް އާއި ދީޕިކާ އަނެއްކާވެސް އެކުގައި ފެނިގެންދަނީ
ދުވަހެއް ކުރިން


