logo

މި ސަރުކާރުގެ ވެރިން ބޭޒާރު ކޮށްލާނަން، ނުކުންނާނީ ފަހަރަކު މީހެއްގެ ވީޑިއޯއެއް: ޕާޕާ

profile

ރިޟްވާން މޫސާ - 26 އޮކްޓޯބަރު 2026 - 11:16

މި ސަރުކާރުގެ ވެރިން ބޭޒާރުކޮށްލާނެ ކަމަށާއި، ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ގައުމަށް ފާޅުގައި ގައްދާރުވަމުން އަންނަ ފަރާތްތަކުގެ ވީޑިއޯތައް ވަރަށް އަވަހަށް ނުކުންނާނެ ކަމުގެ ވަރުގަދަ އިންޒާރެއް ޕީއެންއެފް އިން ދެއްވައިފި އެވެ.

https://wamco.com.mv/

ޕީއެންފް އިން އެ ޕާޓީގެ ރައީސް ޔާމީނާއެކު ބޭއްވި ޓައުން ހޯލް ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޕީއެންއެފްގެ އެންމެ އިސް އެއް އެކްޓިވިސްޓް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއްގައި ރައްޔިތުންނަށް އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުން މި ސަރން އިންތިހާ ދަރަޖައަށް އެބަ އޮތް ކަމަށެވެ.

ޖަލްސާގައި ޕާޕާ ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ އެތަކެއް މިލިއަން ޑޮލަރު ހޭދަ ކުރުމަށްފަހު ގޯއްޗާއި ފުލެޓް ދޭނެ ކަމަށް ބުނެ މި ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ދުބާއީގެ ކުންފުންޏަކަށް އަނޑިނޭގޭ ޑީލެއް ހަދައި ރަސްމާލެ ވެސް ވިއްކާލީ ކަމަށެވެ.

ޕާޕާ ވަނީ ރަސްމާލޭގެ މަޝްރޫއު މިހާރުން މިހާރަށް ހުއްޓާލައި އެ ސަރަހައްދުން ގޯއްޗާއި ފުލެޓް ހައްގުވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އެހެން ނޫންނަމަ މި ސަރުކާރުގެ އިސް ވެރިން ބޭޒާރު ކޮށްލާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.

ޕާޕާ ވިދާޅުވީ ސަރުކާރުގެ މަތި ފަޑީގައި ތިއްބެވި ގައުމަށް ގައްދާރުވަމުން އަންނަ ފަރާތްތަކުގެ ވީޑިއޯ ތަކެއް ވަރަށް އަވަހަށް ނުކުންނާނެ ކަމަށާއި، ވީޑިއޯ ނުކުންނާނީ ފަހަރަކު މީހެއްގެ ވީޑިއޯ ކަމަށެވެ.

ޕާޕާ ވަނީ މިސަރުކާރުގެ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ އަބުދުﷲ މުއްތަލިބް ދަނީ ކޮރޮޕްޝަނުގެ އެތަކެއް ފައިސާ ތަކެއް އީގަލް ހިލްސް ކުންފުނީގެ އޯނަރުގެ އަތުން ނަގާފައިވާ ކަމަށް ވެސް ތުހުމަތު ކުރައްވާފަ އެވެ

ޕާޕާ ވިދާޅުވީ ރަސްމާލެ ތަރައްގީ ކުރުމުގެ މިފަދަ ބިޔަ މަޝްރޫއެއްގެ ތެރެއިން ރައްޔިތުންނާއި، ގުޅުންހުރި މިފަދަ ކަމެއްގައި ސަރުކާރުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ހިންގެވުމަކީ ވެސް ލަދުވެތި ކަމެއް ކަމަށެވެ.

https://wamco.com.mv/
tel:+9607331319