logo
 ޝާހްރުކް ޚާން އާއި ދީޕިކާ ޕަދުކޯން,, ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

ޝާހްރުކް ޚާން އާއި ދީޕިކާ ޕަދުކޯން,, ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

ފިލްމު 'ކިންގް' ގެ ފޯރިގަދަ ލަވައަކުން ޝާހްރުކް އާއި ދީޕިކާ އަނެއްކާވެސް އެކުގައި ފެނިގެންދަނީ

profile

އާމިނަތު ޝަޒްލާ - 26 އޮކްޓޯބަރު 2026 - 03:51

ބޮލީވުޑްގެ ސުޕަރސްޓާރުން ކަމަށްވާ ޝާހްރުކް ޚާން އާއި ދީޕިކާ ޕަދުކޯން، ކުރިއަށް ޝާހްރުކް އޮތް ފިލްމު "ކިންގް" ގެ ބޮޑު މިއުޒިކަލް ސީކުއެންސަކުން އަލުން އެކުގައި ފެންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

https://wamco.com.mv/

މި ލަވައިގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު މުމްބާއީގައެވެ. މިއީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އެކްޝަން ފިލްމަށް ލިބިގެންދިޔަ އިތުރު ފޯރިއެކެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝާހްރުކް އާއި ދީޕިކާގެ ޖޯޑު އަނެއްކާވެސް ސްކްރީނުން އެކުގައި ފެނިގެންދާނެއެވެ.

މި ލަވައިގައި ފިލްމުގެ މުހިންމު ބައެއް ތަރިން ވެސް ބައިވެރިވާނެ ކަމަށް ބެލެވޭއިރު، ލަވައިގެ ކޮރިއޯގްރަފީގެ ކަންކަން ބަލަހައްޓަނީ މަޝްހޫރު ކޮރިއޯގްރަފަރު ވައިބަވީ މާރޗަންޓް ކަމަށް މައުލޫމާތު ލިބެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މުމްބާއީގައި ކުރިއަށްދާ މި މަސައްކަތް ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހަށް ދެމިގެންދާނެއެވެ. މީގެ ކުރިން ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ފިލްމުގެ މަސައްކަތް ސައުތު އެފްރިކާގައި ކުރިއަށް ގެންދަން ނިންމާފައި އޮތް ނަމަވެސް، އެންމެ ފަހުގެ މައުލޫމާތުތައް ބުނާ ގޮތުން މި ޝެޑިއުލް ކުރިއަށްދާނީ މުމްބާއީގައެވެ.

މިއީ 2007 ވަނަ އަހަރުގެ "އޯމް ޝާންތީ އޯމް" އިން ފެށުނު ޝާހްރުކް އާއި ދީޕިކާގެ ކާމިޔާބު ޖޯޑު އެކުގައި ފެންނާނެ އިތުރު ފިލްމެކެވެ. މީގެ ކުރިން މި ދެ ތަރިން ވަނީ "ޗެންނާއީ އެކްސްޕްރެސް"، "ހެޕީ ނިއު އިޔަރ"، "ޕަޓާން" އަދި "ޖަވާން" އިން ވެސް ފެނިގެންގޮސްފައެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގައި ސުހާނާ ޚާން އާއި އަބީޝެކް ބައްޗަންގެ އިތުރުން މަޝްހޫރު އެހެން ތަރިންވެސް ފެނިގެންދާނެއެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ ކްރިސްމަސް ބަންދާ ދިމާކޮށެވެ. ނަމަވެސް، މި ލަވައިގެ ނަމާއި މިއުޒިކާ ގުޅޭ ތަފްސީލެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާއިރު، ބޮލީވުޑްގައި މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރެވޭ މި ފިލްމުގެ އިތުރު މައުލޫމާތުތަކަށް ސަޕޯޓަރުން ދަނީ ފާރަވެރިވަމުންނެވެ.

https://wamco.com.mv/
tel:+9607331319