logo
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ.---ފޮޓޯ: ޕޮޮލިސް

ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ.---ފޮޓޯ: ޕޮޮލިސް

ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ!

profile

ރިޟްވާން މޫސާ - 25 އޮކްޓޯބަރު 2026 - 10:27

ށ. ފުނަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

https://wamco.com.mv/

މި ހާދިސާ ހިނގާފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މި ހާދިސާ އާއި ގުޅިގެން ފުނަދޫ ޕެޓްރޯލް ޝެޑް ބޭނުން ނުކުރެވޭ ވަރަށް އަދައި ހުލިވެފައިވާއިރު އެރަށުގެ ހަތަރު ގެއަކަށާއި، ފަސް ގަރާޖަކަށް ވެސް ވަނީ އަލިފާނުގެ އަސަރު ފޯރާފަ އެވެ.

ފުނަދޫން ވާހަކަ ދެއްކި މީހަކު "އަސްލު" އަށް ބުނީ އަލިފާނުގެ މި ހާދިސާ އާއި ގުޅިގެން 4 ގެއެއް ވަރަށް ބޮޑަށް އަދާފައިވާ ކަމަށާއި، 2 ގުދަނެއްވެސް އަދައި ހުލިވެފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ރޯވެފައިވާ އަލިފާންގަނޑުގެ 90 ޕަސެންޓް އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވާ ކަމަށެވެ،

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއް އަދި ނޫން ކަމެއްވެސް ސާފެއް ނުވެ އެވެ.

ރީވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ފުނަދޫގެ ރައްޔިތުންނާއި، އެމްއެންޑީއެފްގެ އޮފިސަރުންނާއި، ފުލުހުން މަސައްކަތް ކުރަމުންދާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ.

https://wamco.com.mv/
tel:+9607331319