logo

ރަސްމާލެ މަޝްރޫއު ހުއްޓުވަން އެންމެން ނުކުމެ މި އަޑު ފަތުރަންޖެހޭ: އިމްރާން

profile

ރިޟްވާން މޫސާ - 25 އޮކްޓޯބަރު 2026 - 06:59

ރަސްމާލެ މަޝްރޫއު ދުބާއީގެ ކުންފުންފުޏަކަށް ދިނުމާ ދެކޮޅަށް އަޑު އުފުލަން އެންމެން ނުކުންނަން ޖެހޭ ކަމަށާއި، މި އަޑު ސަރުކާރަށް އިއްވަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ ފަރާތުން ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ސަރުކާރުން ރަސްމާލެ ތަރައްގީކުރަން ދުބާއީގެ އީގަލް ހިލް އަށް ދިނުމާއި ދެކޮޅަށް ދިވެހިންގެ ތެރެއިން ހުރިހައި ފަރާތްތަކުން ވެސް ނުކުންނަން ޖެހޭ ކަމަށާއި، ހާއްސަ ގޮތެއްގައި އިޒްރާއީލާއި ގުޅުން އޮންނަ އެއްވެސް ބަޔަކަށް ރަސްމާލެ ތރަައްގީ ކުރުމުގެ މަޝްރޫއު ވެސް އަދި އެހެން މަޝްރޫއެއްވެސް ދިވެހިންގެ ބިމުން ދެވިގެން ނުވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ ދިވެހިންނަކީ ތޫނު ފިލި ހެޔޮ ވިސްނޭ މުރާލި ހީވާގި ރައްޔިތުންތަކެއް ކަމަށާއި، ނަސީބު ކަންދިމާކުރި ގޮތުން ރަސްމާލެ ދުބާއީގެ ބަޔަކަށް ވިއްކާލުމަށް ފައިސާ ޙަރަދު ކުރުމުގެ ކުރިޔަށް ދިވެހިންނަށް މިކަން އެނގި މި އަޑު އުފުލަން ފަށާފައިވާ ކަމަށެވެ.

ސަރުކާރުން ޔަހޫދީންނާއި ބައިއަތު ހިފާފައިވާ ބަޔަކަށް ދިވެހިންގެ މިލްކިއްޔާތުން ބަންޑާރަ ބިމެއް ޔަހޫދީންނަށް މިލްކުވާ ފަދަ ގޮތަކަށް 99 އަހަރަށް ދިނުމަށް ދެކެވެމުން އަންނަ ވާހަކަ އަށް އިޝާރާތް ކުރައްވައި އިމްރާން ވަނީ ދިވެހިންގެ މިނިވަންކަމުގެ ވާހަކަ ސަރުކާރުން ދައްކަވާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓްގެ އިތުރުން ރާއްޖޭގެ މުޅި ޖީޑީޕީ 8.13 ބިލިއަން ޑޮލަރުގައި އޮތްއިރު، މި މަޝްރޫއުގެ އަގު ރާއްޖޭގެ ޖުމްލަ އިގްތިސާދަށްވުރެ ދެގުނަ ބޮޑުކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

https://wamco.com.mv/
tel:+9607331319