
ރަސްމާލެ މަޝްރޫއާއި ގުޅިގެން ހިންހަމަނުޖެހޭ ޕީއެންސީގެ ފަރާތްތަކާއި ރައީސް ބައްދަލުކުރަމުންދާކަން އެނގިއްޖެ!

ރިޟްވާން މޫސާ - 24 އޮކްޓޯބަރު 2026 - 08:32
ރަސްމާލޭގެ 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ދުބާއީގެ ކުންފުންޏަކަށް 99 އަހަރަށް ދީފައިވާ މައްސަލަ އާއި މެދު ހިންހަމަނުޖެހޭ ޕީއެންސީގެ އިސް ފަރާތްތަކާއި ރައީސް ޑރ މުއިއްޒު އެކު ވަކިވަކިން ބައްދަލުކުރުންތައް ބާއްވަމުން އަންނަ ކަން ހާމަވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ޕީއެންސީ އަށް ނިސްބަތްވާ ސަރުކާރު އިސް ބައެއް ފަރާތްތަކުން ދަނީ ރަސްމާލޭގެ ބިމުން ބޮޑު ސަރަހައްދެއް ދުބާއީގެ އީގަލް ހިލް ކުންފުންޏަށް ދިނުމާއިމެދު ހިންހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
"އަސްލުޓީވީ" އަށް އެނގިފައިވާ ގޮތުގައި ރައީސް ޑރ މުއިއްޒު ގެންދަވަނީ އެ ފަރާތްތަކާއި ވަކިން ބައްދަލުކޮށް ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް މި މަޝްރޫއު މިހާރުވެސް އޮތް ގޮތަށް ދުބާއީގެ ކުންފުންޏާއެކު ކުރިއަށް ގެންގޮސް ދިނުމާއެކު ސަރުކާރާއި، ދެކޮޅު މިފަދަ ވާހަކަތައް ނުފެތުރުމަށް އެ ފަރާތްތަކަށް އިންޒާރުދެމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް މުއިއްޒު ވަނީ ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު އެ މެންބަރުން ދެކޭގޮތް ބަދަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ފުރާވަޑައިގަތުމުގެ ކުރިން މާލޭގައި ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި، ޖުމްލަ 13 މެންބަރަކާ ވަކިވަކިން ބައްދަލުކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެ މެންބަރުންގެ ތެރޭގައި މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤް، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އަޙްމަދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް، ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރަކް، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހިމެނިވަޑައިގަންނަވަ އެވެ.
ރަސްމާލެ ޕްރޮޖެކްޓް ދުބާއީގެ ކުންފުންޏަކަށް ދިނުމާމެދު ހިންހަމަ ނުޖެހުން ފާޅުކޮށް ސަރުކާރަށް އިދިކޮޅު ސިޔާސީ ލީޑަރުން ވެސް ދަނީ ފާޑު ވިދާޅުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިސްރާއީލް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އިސްލާމީ 4 ގައުމަކުން ގޮވާލައިފި
4 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް 24 ބިލިޔަން ރުފިޔާގެ އާމްދަނީއެއް!
4 ގަޑިއިރު ކުރިން

ދިވެހި ބިން ޔަހޫދީންނަށް ދީފައި މިނިވަންކަމުގެ ވާހަކަ ދައްކަނީ ކޮން ހަމައަކުންތޯ އިމްރާން ސުވާލު އުފައްދަވައިފި
6 ގަޑިއިރު ކުރިން

ޕާކިސްތާނާއެކު ރާއްޖެ އިން ހެދި އެއްބަސްވުންތަކަށް ފާރަވެރިވާނެ ކަމަށް އިންޑިޔާ އިން ހާމަކޮށްފި!
7 ގަޑިއިރު ކުރިން


