
ޕާކިސްތާނާއެކު ރާއްޖެ އިން ހެދި އެއްބަސްވުންތަކަށް ފާރަވެރިވާނެ ކަމަށް އިންޑިޔާ އިން ހާމަކޮށްފި!

ރިޟްވާން މޫސާ - 24 އޮކްޓޯބަރު 2026 - 08:07
ދިވެހި ސަރުކާރާއި، ޕާކިސްތާނުގެ ސަރުކާރާއެކު ވެވުނު އެއްބަސްވުމުގެ ކަންކަމަށް ފާރަވެރިވެ، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެފި އެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޕާކިސްތާނަށް 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ މިމަހުގެ 20 އިން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ ރާއްޖެ އާއި ޕާކިސްތާނާއި ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެއްބަސްވި ކަންކަމަށް އިންޑިޔާއިން ކަންބޮޑުވުން ފާޅުކޮށް މި އެއްބަސްވުންތަކުގެ މައްޗަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ފާރަވެރިވާނެ ކަން ހާމަކުރެއްވުމުގެ އިތުރުން އިދިކޮޅު ސިޔާސީ ލީޑަރުން ވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އިންޑިޔާ އަކީ ޒަމާންވީ މާޒީވެ ދިޔަ ދިގު ތާރީހުގައިވެސް އެކިއެކި ގޮތްގޮތުން ވެސް ރާއްޖެއަށް ވަރަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ގައުމެކެވެ. އެގޮތުން އިންޑިއާއިން ވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނާއި ކްރެޑިޓް ފެސިލިޓީސް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އަދި އޭގެ އިތުރުން ރާއްޖެއިން ވިއްކި 200 މިލިއަން ޑޮލަރުގެ ޓީ-ބިލުގެ އިންޓްރެސްޓަށްވާ 42.8 މިލިއަން ޑޮލަރު ދައްކައިދިނީ ވެސް އިންޑިއާއިން ކަން ފާހަގަކޮށްލެވެ އެވެ.
ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް، ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުން އިންޑިއާއިން ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިސްރާއީލް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އިސްލާމީ 4 ގައުމަކުން ގޮވާލައިފި
3 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް 24 ބިލިޔަން ރުފިޔާގެ އާމްދަނީއެއް!
3 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއާއި ގުޅިގެން ހިންހަމަނުޖެހޭ ޕީއެންސީގެ ފަރާތްތަކާއި ރައީސް ބައްދަލުކުރަމުންދާކަން އެނގިއްޖެ!
6 ގަޑިއިރު ކުރިން
މި ސަރުކާރަށް ރެސިޑެންސީ ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގެ ކްރެޑިޓް ނެގޭކަށް ނެތް :ރިޔާޒް މަންސޫރު
7 ގަޑިއިރު ކުރިން


