މި ސަރުކާރަށް ރެސިޑެންސީ ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގެ ކްރެޑިޓް ނެގޭކަށް ނެތް :ރިޔާޒް މަންސޫރު

ރިޟްވާން މޫސާ - 24 އޮކްޓޯބަރު 2026 - 07:25
މި ސަރުކާރަށް ރެސިޑެންސީ ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގެ ކްރެޑިޓް ނެގެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެ އެވެ.
ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނާސްއާ އެކު "ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމް އެއް ފަށާފައިވާކަން ހާމަކޮށްފަ އެވެ.
ރިޔާޒް ވިދާޅުވީ ސަރުކާރުން ވާހަކަ ދައްކާ ގޮތުން މިއީ މި ސަރުކާރުން އިސް ނަގައިގެން ކުރި ކަމެއް ކަމަށް ދޭހަވީ ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ. އެ ޕްރޮގްރާމް ހިންގަން މަގު ފަހިވީ ނިމިދިޔަ ސަރުކާރުން ޤާނޫނަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ދިގު މުއްދަތަށް ރެޒިޑެންސީ ހޯދަން ބޭނުންވާ އިންވެސްޓަރުން އެބަ ތިބި ކަން ފާހަގަކުރައްވަމުން ރިޔާޒް ވިދާޅުވީ ވިސާ ޕްރޮގްރާމާއެކު ޓާގެޓް ގްރޫޕަށް އިންވެސްޓްކުރަން ޝައުގުވެރިވާނެ އާ ޓޫރިޒަމް ޕްރޮޑަކްޓްތައް ހިމެނުމާއި އެ މީހުން ރާއްޖެއަށް ގެނައުމަށް ހިތްވަރުދިނުމަށް ވިސްނާފައިވާނެ ކަމަށެވެ.
އެމްޑީޕީ ސަރުކާރުން އެކަމާއި ގުޅޭ އިސްލާހެއް ގަވާއިދަށް ގެނެސްފައިވާކަން ފާހަގަކުރައްވަމުން ރިޔާޒް ވިދާޅުވީ ރެސިޑެންޓް ކޯޕަރޭޓް ވިސާ ޤާނޫނުގައި ހިމެނީ އެމްޑީޕީ އިން ކަމަށެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ ހއ. ދައްޕަރު (ހއ. ފިއްލަދޫއާ ގާތުގައި) އަކީ އެމްޑީޕީ ސަރުކާރުން ފުރަތަމަ ފަހަރަށް އިންޓަރގްރޭޓެޑް ޓޫރިޒަމް ރިސޯޓް ޕްރޮޖެކްޓެއް ތަރައްގީކުރުމަށް ވިސްނި ތަންތަން ކަމަށެވެ.
މީގެ އިތުރުން 2024 އޭޕްރީލްގައި، އެދުވަސްވަރުގެ ޓޫރިޒަމް މިނިސްޓަރު ފައިސަލް އިންޓިގްރޭޓެޑް ޓޫރިޒަމަށް ހުރި ފުރުސަތުތައް ބެލުމަށް ހއ. ދައްޕަރަށް ޒިޔާރަތްކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެތަނަށް ވަޑައިގެން ކުރެއްވި ޓްވީޓް ވެސް އޭނާ ފަހުން ޑިލީޓް ކުރެއްވިކަމަށް ރިޔާޒް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޕާކިސްތާނާއެކު ރާއްޖެ އިން ހެދި އެއްބަސްވުންތަކަށް ފާރަވެރިވާނެ ކަމަށް އިންޑިޔާ އިން ހާމަކޮށްފި!
11 މިނިޓު ކުރިން

ބޮޑުބަދަލުގެ މައިގަނޑު މަހްފޫމް އަކީ ސަރުކާރުގެ ވެރިޔާ ގައިގަ ޗޭނު އަޅުވާ ތަޅުލުން: ފައްޔާޒް
ގަޑިއިރެއް ކުރިން

އީގަލް ހިލްސް ކުންފުނިން ވަނީ ސަރުކާރުގެ އިސް ފަރާތްތަކަށް ކޮރޮޕްޝަނުގެ ފައިސާ ބަހާފައި: ޕާޕާ
ގަޑިއިރެއް ކުރިން
.webp&w=3840&q=75)
އިސްރާއީލުން ދިން ހަމަލާތަކެއްގައި ޣައްޒާގެ ހަތަރު މީހަކު ޝަހީދުވެއްޖެ: ސިއްހީ ޚިދުމަތްތެރިން
19 ގަޑިއިރު ކުރިން


