logo

އީގަލް ހިލްސް ކުންފުނިން ވަނީ ސަރުކާރުގެ އިސް ފަރާތްތަކަށް ކޮރޮޕްޝަނުގެ ފައިސާ ބަހާފައި: ޕާޕާ

profile

ރިޟްވާން މޫސާ - 24 އޮކްޓޯބަރު 2026 - 06:51

ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫގައި ސަރުކާރުން އެއްބަސްވުން ހަދާފައިވާ ދުބާއީގެ އީގަލްސް ހިލް ކުންފުނިން ސަރުކާރުގެ އިސް ފަރާތްތަކަށް ކޮރޮޕްޝަނުގެ ފައިސާ ބަހަމުން އަންނަ ކަމަށް ޕީއެންއެފްގެ އިސް އެކްޓްވިސްޓް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ޕީއެންއެފްގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެން އާންމު ފަރާތަކުން ރަސްމާލެ ޕްރޮޖެކްޓާއި ބެހޭގޮތުން ކުރެއްވެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންއެފްގެ އެކްޓިވިސްޓް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ވިދާޅުވީ ރަސްމާލޭގެ ޕްރޮޖެކްޓް ސަރުކާރުން ވިއްކާލި ދުބާއީގެ އީގަލްސް ހިލްސް ކުންފުނީގެ އޯނަރގެ ފަރާތުން މުއްތަލިބް މިފައިސާ ނަންގަވާފައިވާ ކަމަށެވެ.

ޕާޕާ ވަނީ މިސަރުކާރުގެ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ އަބުދުﷲ މުއްތަލިބް ދަނީ ކޮރޮޕްޝަނުގެ އެތަކެއް ފައިސާ ތަކެއް އީގަލް ހިލްސް ކުންފުނީގެ އޯނަރުގެ އަތުން ނަގާފައިވާ ކަމަށް ވެސް ތުހުމަތު ކުރައްވާފަ އެވެ

ޕާޕާ ވިދާޅުވީ ރަސްމާލެ ތަރައްގީ ކުރުމުގެ މިފަދަ ބިޔަ މަޝްރޫއެއްގެ ތެރެއިން ރައްޔިތުންނާއި، ގުޅުންހުރި މިފަދަ ކަމެއްގައި ސަރުކާރުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ހިންގެވުމަކީ ވެސް ލަދުވެތި ކަމެއް ކަމަށެވެ.

މި ޖަލްސާގައި ޕާޕާ ވަނީ އީގަލްސް ހިލް ކުންފުނީގެ އޯނަރ އަލައްބާރު ކިޔުއްވާ ބޭފުޅަކު ޕީއެންސީގެ ބޭފުޅުންނަށް މި ފައިސާ ބެއްސެވި ވާހަކަ އާއި، މި ފައިސާ އެހެން ޕާޓީތަކުގެ ބޭފުޅުންނަށް ވެސް ނުލިބިގެން މި އުޅުއްވަނީ ކީއްވެގެންތޯއާއި މެދު ސުވާލު އުފައްދަވާފަ އެވެ.

ޕާޕާ ވިދާޅުވީ މިފަދަ ކޮރޮޕްޝަނާއި ރައްޔިތުންގެ ހައްގުތައް ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުގެ އިސް ފަރާތްތަކުން އީގަލްސް ހިލް ކުންފުނިން ގަނެލާފައިވާ ކަމަށާއި، އެހެން ވިކިގެން ފައިސާގެ އަވައިގައި ޖެހިގެން ނުދިއުމަށް ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319