logo

ބޮޑުބަދަލުގެ މައިގަނޑު މަހްފޫމް އަކީ ސަރުކާރުގެ ވެރިޔާ ގައިގަ ޗޭނު އަޅުވާ ތަޅުލުން: ފައްޔާޒް

profile

ރިޟްވާން މޫސާ - 24 އޮކްޓޯބަރު 2026 - 06:54

ބޮޑުބަދަލުގެ މައިގަނޑު މަހްފޫމް އަކީ ސަރުކާރުގެ ވެރިޔާ ގައިގަ ޗޭނު އަޅުވާ ތަޅުލުން، ކަމަށާއި، ވެރިއަކަށް ހުންނަ ބޭފުޅަކު ޒިންމާދާރު ކުރުވުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ބޮޑު ބަދަލުގެ އެންމެ އިސް މޭސްތިޔާ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ބޮޑު ބަދަލުގެ ސިޔާސަތާއި ގުޅޭގޮތުން ފައްޔާޒް އިސްމާއީލް އެމްނިކުފާނުގެ ރަސްމީ ފޭސްބްކް އެކައުންޓުގައި ހިއްސާ ކުރެެއްވެވި ޕޯސްޓެއްގައި ބުނެފައިވަނީ ބޮޑު ބަދަލުގެ ސިޔާސަތުގައިވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި، ނަމަވެސް މި ސިޔާސަތުގެ އެންމެ މުހިންމު ނުވަތަ މުޅި ސިޔާސަތުގެ މަހްފޫމަކީ ސަރުކާރުގެ ވެރިޔާ ގައިގަ ޗޭނު އަޅުވާ ތަޅު އެޅުވުން ކަމަށެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުގެ އެންމެއިސް ވެރިއަކަށް ހުންނެވި ރައީސް ޑރ މުއިއްޒުގެ އަމަލުތަކާހުރެ މެޖޯރިޓީ މުޅި ރާއްޖޭގެ ގިނަ ރައްޔިތުން އެމަނިކުފާނަށް ނުރުހުން އަމާޒުކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެ އެވެ.

ފައްޔާޒްގެ ޕޯސްޓުގައި ބުނެފައިވަނީ މުއިއްޒު މިއަދު އެ އުޅުއްވާހެން އަލުން ވެރިއަކަށް އަންނަ މީހަކަށް ނޫޅެވޭނެ ގޮތް ހެދުން އެއީ އެމްޑީޕީން ރާއްޖެއަށް ގެންނަން ބޭނުންވާ ބޮޑު ބަދލުގެ އެންމެ މުހިންމު މަގުސަދު ކަމަށެވެ.

އެމްޑީޕީން އެންމެ ފަހުން ބޭއްވި އެޕާޓީގެ ފަސް ވަނަ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަތް ބޭފުޅުންގެ ސުޕަ މެޖޯރިޓީން ވަނީ ބޮޑު ބަދަލުގެ ސިޔާސަތު އެއީ ރާއްޖެ އަށް ގެންނަން ކޮންމެހެން ބޭނުންވާ ސިޔާސަތެއްކަމަށް ކަނޑައަޅައި ބޮޑު ބަދަލު ގެނައުމަށް ފާސްކޮށްފަ އެވެ.

https://wamco.com.mv/
tel:+9607331319