
ރައީސުލްޖުމްހޫރިއްޔާ ޑރ, މުޙައްމަދު މުޢިއްޒު، އަދި މިއަދު އަލިފާން ރޯވި ށ. ފުނަދޫ ޕެޓްރޯލް ޝެޑް
ށ. ފުނަދޫ އަލިފާނުގެ ހާދިސާގައި އެހީތެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި

އާމިނަތު ޝަޒްލާ - 25 އޮކްޓޯބަރު 2026 - 13:19
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މި ހާދިސާއާ ގުޅިގެން ވަގުތުން އިޖާބަދެއްވައި، އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މިކަން ހާމަކުރައްވަމުން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެހީ، ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. މިފަދަ ޙާލަތްތަކުން މި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މި ކުރިމަތިވި ކުއްލި އަދި އުނދަގޫ ޙާލަތުގައި، ވަގުތުން އިޖާބަދެއްވައި، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި، އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކަށާއި، ށ. އަތޮޅު ހޮސްޕިޓަލަށާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއަށާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކަށާއި، އަދި ފުނަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު ޢާއްމު ޙާލަތަކަށް އަވަހަށް ރުޖޫއަވާނެކަމަށް އުންމީދުކުރައްވާ ކަމަށާއި، މި ހުރިހާ ފަރާތްތަކުގެ ލޮބުވެތި ޢާއިލާތަކަށްވެސް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވާކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފިލްމު 'ކިންގް' ގެ ފޯރިގަދަ ލަވައަކުން ޝާހްރުކް އާއި ދީޕިކާ އަނެއްކާވެސް އެކުގައި ފެނިގެންދަނީ
5 ގަޑިއިރު ކުރިން

ހޫޘީން ސައުދީއަށް ދިން މިސައިލްތަކާއި ޑްރޯން ހަމަލާތަކެއް ހުއްޓުވައި، ނައްތާލައިފި
21 ގަޑިއިރު ކުރިން

ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ!
ދުވަހެއް ކުރިން

ވެކްސިނަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު: އެޗްޕީއޭ
ދުވަހެއް ކުރިން


