
އެމްޑީޕީން މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން---
ޑަބްލިއުޑީސީ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓްގެ ކެމްޕޭނަށް ރައީސް ނަޝީދު ހުޅުދޫއަށް!

ޖިނާން ޙުސައިން ޖަބީން - 21 ނޮވެމްބަރު 2026 - 18:59
ސ. ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ ބައި-އިލެކްޝަން ގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު މުނީރުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، އެ ޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ރަށަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދު ހުޅުދޫއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ކުރިއަށް އޮތް ޑަބްލިއުޑީސީ ބައި-އިލެކްޝަނަށް ތައްޔާރުވުމުގެ ގޮތުންނާއި، ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމުގެ މަގްސަދުގައި އެ ރަށަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިހާރު ގެންދަވަނީ ހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ކެމްޕޭންގެ "ދޮރުން ދޮރަށް" ހިންގެވުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.
މި ހަރަކާތުގައި ނަޝީދާއެކު އެމްޑީޕީގެ ޓިކެޓުގައި މި މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް ފާތިމަތު މުނީރުގެ އިތުރުން އެ ޕާޓީގެ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ހުޅުދޫ ޑަބްލިއުޑީސީގެ ބައި-އިލެކްޝަން ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީން ވަނީ މީގެ ކުރިންވެސް ވަނީ ފޯރިއާއެކު ގިނަ ކެމްޕޭން ހަރަކާތްތަކެއް އެ ރަށުގައި ކުރިއަށް ގެންގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލޭގެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާ އަށް ނުކުންނަނީ
12 ގަޑިއިރު ކުރިން

ވެރިކަމަށް 3 އަހަރުވީއިރު މުއިއްޒަކީ ކާކުން ކަން އެނގިއްޖެ! ރައްޔިތުން މި ތިބީ ނިކަމެތި ހާލެއްގަ: ނަޝީދު
15 ގަޑިއިރު ކުރިން

"ޓަކާ ޓަކާ" އަށް އިޝާރަތް ކުރައްވައި ބޮންޑޭގެ ވަރުގަދަ ރައްދެއް!
2 ދުވަސް ކުރިން

އާސަންދަ ރިފޯމްކުރާނެ ކަމަށް ބުނި ނަމަވެސް ހިދުމަތްތަށް ދިޔައީ ދަށަށް: ހުސެއިން ސަމީރު
3 ދުވަސް ކުރިން


