logo

"ޓަކާ ޓަކާ" އަށް އިޝާރަތް ކުރައްވައި ބޮންޑޭގެ ވަރުގަދަ ރައްދެއް!

profile

ރިޟްވާން މޫސާ - 19 ނޮވެމްބަރު 2026 - 14:26

ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް އަށް ރަސްމާލެ ވިއްކާލުމާއި ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދާ ވާހަކަތަކަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ ގޮފީގެ ރައީސް އިބްރާހިމް ރަޝީދު (ބޮންޑޭ) ވަރަުގަދަ ރައްދެއް ދީފި އެވެ.

https://wamco.com.mv/

ރަސްމާލޭގެ މައްސަލަ އާއި ގުޅޭގޮތުން "ޓަކާ ޓަކާ" ގޮވައިގެން، އާއްމު މީހާއަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުން ހުތުރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެ 'ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެ ދަށުން އަޑު އުފުލަމުންދާ ފަރާތްތަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކާފަ އެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ބޮންޑޭ "އަސްލުޓީވީ" އަށް މިރޭ ވިދާޅުވީ ރަސްމާލޭގެ ފުރިހަމަ މައްސަލަ ވެސް ރައީސް ނަޝީދަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް އެމްޑީޕީގެ ބޮޑު މެޖޯރިޓީ ތެދުވެ އަޑު އުފުލަމުންދާ މި ދަނޑިވަޅުގައި އެމްޑީޕީގެ އެންމެ އިސް ވެރިޔާގެ ހަސިއްޔަތުން ރައީސް ނަޝީދު މިކަމުގައި ޙިޔާލު ތަފާތު ވުމަކީ ހަމަހަމަ އުސޫލެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ބޮޑު ބަދަލުގެ ސިޔާސަތަކީ ރަސްމާލޭގެ ބިން ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުންކަމަށް ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަން ފާހަގަކުރައްވަމުން ބޮންޑޭ ވިދާޅުވީ އެއްވެސް އިރެއްގައި އެމްޑީޕީން ދިވެހިރާއްޖޭގެ އެއްވެސް ބިމެއް އެއްވެސް ފަރާތަކަށް ދިވެހިންނަށް ނުލިބޭ ފަދަ ގޮތަކަށް ދިނުމަށް ތާއީދު ނުކުރާ ކަމަށެވެ.

އަދި ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދާ ބޮޑުބަދަލަކީ ކޮންމެހެން ގައުމަށް ގެންނަން ޖެހޭ ބޮޑެތި ބަދަލުތަކެއް ކަމަށާއި، ބޮޑު ބަދަލުގެ މުޅި ޓީމުންވެސް ރަސްމާލެ ވިއްކާލުމާއި ދެކޮޅު ކަމަށެވެ.

https://wamco.com.mv/
tel:+9607331319