logo

ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ފަރާތްތަކަށް ޕީއެންސީ އަށް މެންބަރުން ވައްދަން މަޖުބޫރު ކުރަނީ!

profile

ރިޟްވާން މޫސާ - 19 ނޮވެމްބަރު 2026 - 12:21

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމަށް މަޖުބޫރު ކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.

https://wamco.com.mv/

ސަރުކާރުގެ އިސް ފަރާތްތަކުގެ ތެެއިން އެންމެ ބޮޑަށް މި ކަމާއި ގުޅޭގޮތުން މަޖުބޫރުކޮށް ޕީއެންީ އަށް މެންބަރުން އިތުރު ކުރުމަށްޓަކައި އަންގަމުންދަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކަށެވެ.

މީގެ އިތުރުން ސަރުކާރުގެ އެކިއެކި ބޮޑެތި މަގާމުތަކުގައި ތިއްބެތި ފަރާތްތަކުގެ ތެރެއިން މިނިސްޓަރުންނާއި، ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި، ޑިރެކްޓަރުން އަދިވެސް ކޯޑިނޭޓުރުންގެ ލެވަލްގައި ތިއްބަވާ ފަރާތްތަކަށް ވެސް ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމަށްޓަކައި ކޮންމެ ފަރާތަކުން ވެސް ވަކި އަދަދަކަށް މެންބަރުން ވެއްދުމަށް ދަނީ އަންގަމުންނެވެ.

"އަސްލުޓީވީ" އަށް އެނގިފައިވާ ގޮތުގައި ކޮންމެ މީހަކުވެސް މަދުވެގެން 15 މީހުން ނުވަތަ 13 މީހުން ޕީއެންސީ އަށް ވެއްދުމަށް ވަނީ އަންގާފަ އެވެ. އަދި ޕީއެންސީއަށް އަލަށް ވެއްދި މީހުންނާއި އެމީހުންގެ އައިޑީ ކާރޑުގެ މައުލޫމާތުތައްވެސް ފޯރުކޮށްދޭން ޖެހެ އެވެ.

ސަރުކާރުން ދަނީ ސަރުކާރުގެ މުއައްޒަފުންނަށް މަޖުބޫރު ކުރުވައި ވަޒީފާ އާއި ބެހޭ ގާނޫނުން މުޅިންހެން މަނާކޮށްފައިވާ މިފަދަ ކިތަންމެ ކަމެއް ފާޅުގައި މުއައްޒަފުންނަށް އަންގަމުންނެވެ.

އެގޮތުން މުއައްޒަފުންނާއި މުއައްޒަފުންގެ އަނބި ދަރިން ގޮވައިގެން ޖަލްސާތަކަށް ހާޒިރު ވާން އެނގުމާއި، ސިޔާސީ ކަންކަމުގައި މުއައްޒަފުން ބައިވެރި ކުރުމާއި، ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން ކުރަންޖެހޭ މިފަދަ ސިޔާސީ އެތައް ކަމެއް ކުރުމަށް ވަނީ އަންގަމުންދާކަން އެނގެ އެވެ.

ޕީއެންސީން އަމާޒު ހިފީ ސަރުކާރަށް ތިން އަހަރު ވުމާއި ހަމަޔަށް މުއައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ވިޔަސް 1 ލައްކަ މީހުން ވެއްދުމަށެވެ. ނަމަވެސް ސަރުކާރަށް ތިން އަހަރު ހަމަވިއިރު ހަމައެކަނި ހަމަކުރެވުނީ 98,397 މެންބަރުންނެވެ.

އެހެން ނަމަވެސް މިވަގުތު އިލެކްޝަން ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުން ޕީއެންސީގައި ޖުމްލަ 99280 މެންބަރުން ރަޖިސްޓްރީވެފައި އެބަ ތިއްބެވެ.

https://wamco.com.mv/
tel:+9607331319